Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާ ބުނީ ސިޓީ އޮތީ އެ ޓީމުގެ އަސްލު ފެންވަރުގައި ނޫން ކަމަށް!

7 ޖެނުއަރީ 2025 | އަންގާރަ 03:50

އޭނާ ބުނީ ލީގުގަައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިންމާލަން ޖެހުނު ނަަމަވެސް، ވެސްޓް ހޭމް މެޗަށް ވުރެ އެ މެޗުގައި ސިޓީގެ ކުޅުން ރަނގަޅު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2025 | އަންގާރަ 03:50
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އޮތީ އެ ޓީމުގެ އަސްލު ފެންވަރުގައި ނޫން ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ، ސިޓީ މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ސިޓީ މޮޅުވެފައިވާއިރު، މިދޭތެރެއިން އެ ޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް އަނެއްކާ ވެސް ސިޓީ އަންނަނީ މަޑުމަޑުން ކުރިއަށް ޖެހެމުންނެވެ.

ގާޑިއޯލާ ބުނީ އެންމެން ވެސް ބަލާނީ މެޗުގެ ނަތީޖާއަށް ކަމަށެވެ. ގާޑިއޯލާ ބުނީ ފާއިތުވި އަހަރުތަކުގައި ސިޓީގެ އަސްލު ފެންވަރު ފެނިފައިވާނެ ކަމަށާއި، މިވަގުތު ސިޓީ އޮތީ އެ ޓީމުގެ އަސްލު ފެންވަރުގައި ނޫން ކަމަށެވެ. އެކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، އޭނާގެ ވާހަކަތައް އޮޅުވާނުލަށް އެދޭ ކަމަށެވެ. އޭނާ ހުރީ މެޗުން މޮޅުވުމުން ވަރަށް އުފާވެފައި ކަމަށާއި، ކުރިއަށް އޮތް އެފްއޭ ކަޕުގެ މެޗާ ހަމައަށް ވެސް އޭނާ ހުންނާނީ ހަމަޖެހިގެން ކަމަށް ގާޑިއޯލާ ބުންޏެވެ.

އެހެން ނަމަވެސް، އެންމެނަށް ވެސް މިދިޔަ އަހަރުތަކުގަައި ސިޓީން ކުޅެފައިވާ ކުޅުން ފެންނާނެ ކަމަށާއި، މިވަގުތު ސިޓީ އޮތީ އެ އަހަރުތަކުގައި ދެއްކި ކުޅުމާ އެއް ފެންވަރެއްގައި ނޫން ކަމަށް ގާޑިއޯލާ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އޭނާ ބުނީ ލީގުގަައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިންމާލަން ޖެހުނު ނަަމަވެސް، ވެސްޓް ހޭމް މެޗަށް ވުރެ އެ މެޗުގައި ސިޓީގެ ކުޅުން ރަނގަޅު ކަމަށެވެ. ނަމަވެސް މެޗު އެއްވަރުވުމަކީ ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ބުންޏެވެ.

މިދޭތެރެއިން ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވި ނަމަވެސް، އެ ޓީމު އަލުން އަނބުރާ އިހު އޮތް ފެންވަރަށް ނުވަތަ ޙާލަތަށް ގެނެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ގާޑިއޯލާާ ބުންޏެވެ. އެކަމަށްޓަކައި ބޭނުން ވަނީ މެޗުތަކުން މޮޅުވުން ކަމަށާއި، އަދި ހަމައެހެންމެ ޓީމުގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. މިހާރު ވެސް ސިޓީގެ ޓީމުން ރަނގަޅު ކަންތައްތަކެއް ފެންނަމުންދާ ކަމުގައި ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ލީގުގައި މިވަގުތު ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. މިހާތަނަށް ލީގުގަައި ކުޅެފައިވާ 20 މެޗުން އެ ޓީމަށް ލިބެނީ 34 ޕޮއިންޓެވެ. ލީގުގައި ހަ މެޗަކުން ސިޓީ ބަލިވެފައިވާއިރު، މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގެ ނަތީޖާތައް އެންމެ ދަށްވި ފަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް