Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޚީ

މި ސަރުކާރުގެ ވައްކަންތައް ނުބެލިގެން މިދަނީ ވަކި ބަޔަކު ކުރާތީ: އިހުސާން

3 ޖެނުއަރީ 2025 | ހުކުރު 09:58

އެންސްޕާ އަކީ ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމް ހަރުދަނާ ގޮތެއްގައި ހިންގުމަށް ޓަކައި އުފައްދާފައިވާ އިދާރާއެއް ކަމަށާއި ނަމަވެސް އެތަނުގައި ވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 ޖެނުއަރީ 2025 | ހުކުރު 09:58
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ކުރަމުން އަންނަ ބޮޑެތި ވައްކަންތައް ނުބެލިގެން މި ދަނީ ވަކިބަޔަކު ކުރާތީ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޑެޕިއުޓީ މިިނިސްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދަޅުވެފައި ވަނީ ރާއްޖެ ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ޚިޔާނާތުގެ ގޮތުގައި ގެއްލުނު ފައިސާ ނުހޯދެނީ ކަން ކުރި މީހާ އަށް ވިސްނައިގެން، މައްސަލަ ބަލާތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކުރިން ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިރު އެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހާ އާއި މެދު ވަރަށް ގިނަ ފަހަރު ވިސްނޭ ކަމަށާއި އެ މީހާ އަކީ ނުފޫޒު ގަދަ މީހަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް އެފަދަ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި ޚިޔާނާތްތެރިވީ ވަޒީރަކަށް ވިޔަސް، ކުރީގެ ރައީސަކަށް ވިޔަސް އެކަން ބަލާ ފިޔަވަޅުއަޅަން ޖެހޭ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެެހެންކަމުން ޚިޔާނާތުގެ މައްސަލަތައް ބެލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަނީ އެ ކަމުގެ ތުހުމަތު ކުރެވޭ މީހާ އަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމްގެ މި ވާހަކަތަކަށް ރައްދުދެއްވާ އިހުސާން ވިދާޅުވީ ކަމެއް ހިނގައި ދިޔައީމަ އެކަންކަން ހިނގައި ދިޔައީ އެހެންތޯ ބެލުމަށް، މި ބަލަނީ ދިވެހިރައްޔިތުންނަށް ފެންނަން ހުރި ކަންތައްތަކަށާއި ކަމުގެ ހެކިތަކަށް ކަމަށެވެ. މި ސަރުކާރުގައި ވަރަށް ބޮޑެތި ގިނަ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށާއި ނަމަވެސް އެންޓި ކަރަޕްޝަން ކޮމިޝަނުގައި އެބޭފުޅެއްގެ މައްސަލަ އެންމެ ގިނައިން ހުރިކަަމަށް ވާހަކަތައް ދެކެވޭ ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

އިހުސާން ވިދާޅުވީ އެޗްޑީސީގެ ބޮޑު ވައްކަމާއި ހިޔާނާތުގެ ވާހަތައްވެސް އަޑުއިވިފައިވާ ކަމަށާއި އަދި އެ ވައްކަމާއި ގުޅިގެން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވެސް ސަސްޕެންޑް ކުރެވިގެން ދިޔަ ވާހަކަތައް ވެސް އަޑުއިވިގެން ދިޔަ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އަމަލީ ގޮތުން މި މައްސަލަތައް ބަލާކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމަށާއި މި ސަރުކާރުގެ ވައްކަމުގެ މައްސަލަ ތައް ނުބެލިގެން މިއުޅެނީ މި ސަރުކާރުން ބަލަން ބޭނުން ނުވާ ވަކި ބަކަޔަކު ކުރާ ކަމަށް ވާތީ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ އެންސްޕާ އަކީ ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމް ހަރުދަނާ ގޮތެއްގައި ހިންގުމަށް ޓަކައި އުފައްދާފައިވާ އިދާރާއެއް ކަމަށާއި ނަމަވެސް އެތަނުގައި ވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމުގެ އަޑުތަކެއްއިވިފައިވާ ކަމަށެވެ. އަދި އެކަމަށް ޚުދު އެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެ ބޭފުޅުން އެންސްޕާގެ ހިޔާނާތްތަކަށް އެއްބަސް ވެވަޑައިގެންކަން ހާމަވާ އެންމެ ބޮޑު ހެއްކަކީ އެވިދާޅުވާ އެއްބަސްވުން ކަމަށާއި އަދި މި މައްސަލަތައް ފެންމަތިވެ، މިހާރު އެ ބޭފުޅުން އަމިއްލަފުޅަށް އެ ވިދާޅުވާ އެއްބަސްވުން ވެސް ބާތިލް ކުރައްވާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް