Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ގުރުއާން ބާވާލެއްވުން

ގުރުއާންގެ ފުރަތަމަ އާޔަތް ބާވާ ލެއްވި ހިރާ ހޮހޮޅަ ހުންނަ ގޮތް އެނގޭތަ؟

ހިރާ ހޮހޮޅަ ހުންނަނީ މައްކާގެ ބޭރުގައި ހުންނަ ނޫރު ފަރުބަދައިގަ

ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 11:57
ހިރާ ހޮހޮޅަ - ކީރިތި ގުރުއާން ބާވާލައްވަން ފެއްޓެވީ ރަސޫލާ މި ހޮހޮޅައިގައި ހުންނަވަނިކޮށް

ހިރާ ހޮހޮޅަ - ކީރިތި ގުރުއާން ބާވާލައްވަން ފެއްޓެވީ ރަސޫލާ މި ހޮހޮޅައިގައި ހުންނަވަނިކޮށް

އިސްލާމްދީނުގެ ދިގު ތާރީޚުގައި ފާހަގަ ކުރެވޭ މުހިންމު އެތައް ކަމެއް ހިނގާފައިވެއެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަ ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައުވި، އަދި އިންސާނުންގެ ހަޔާތައް އެންމެ ހެޔޮ ބަދަލުވި ގެނުވި އިސްލާމް ދީނުގެ އަސްލުތައް މީގެ 1400 އަހަރު ކުރިން މާތް ﷲ ގެ ކީރިތި އާޔަތްތަކުން މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވެމުވެ.

ކީރިތި ގުރުއާން މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވުމުގެ ކުރިން ކީރިތި ރަސޫލާ ހިރާ ހޮހޮޅައަށް ވަޑައިގަނެ އެތަނުގައި ގިނިކަންޏާ ކަންކަމާ ފިކުރުފުޅު ކުރެއްވުމުގައި ވަގުތު ހޭދަ ކުރެއްވިކަން އިސްލާމީ ތާރީޚުން އެނގެއެވެ. އެ ގޮތުން އެ ހޮހޮޅައަށް ޒިޔާރަތް ކުރައްވާ އިރު އެތަނުގައި ދުވަސްތަކަކަށް ހުންނަވައެވެ. އެނބުރި ވަޑައިގަންނަވަނީ، ޒަރޫރީ ބޭނުންތަކަށް ގެންދެވި އެއްޗެހި ހުސްވުމުންނެވެ.

ކީރިތި ގުރުއާން ބާވާލައްވަން ފެށުން ވެގެން ދިޔައީ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ހާދިސާއަށެވެ. އެއީ މި ބިންމައްޗަށް މާތް ﷲ ފޮނުއްވި އެންމެ ފަހު ރަސޫލާ އަކީ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ކަމުގައި ކަނޑައެޅިގެން ދިޔަ މުހިންމު ޙާދިސާއެވެ. އެއީ މާތް ﷲ ދުނިޔެއަށް ބާއްވާލެއްވި އެންމެ ފަހު ފޮތް ކަމުގައި ކީރިތި ގުރުއާން ކަނޑައެޅިގެން ދިޔަ ޙާދިސާއެވެ. އެހެން ކަމުން މި މުހިންމު ހާދިސާ ހިނގި ތަނަކީ ކޮންމެ ނަޒަރަކުން ބެލި ނަމަވެސް އިސްލާމީ ތާރީޚުގައި ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަ ނުކުރެވި ނުދާނެ ތަނެކެވެ. އެއީ ހިރާ ހޮޅައެވެ.

ހިރާ ހޮހޮޅަ ހުންނަ ފަރުބަދަ އަށް ބަޔަކު ޒިޔާރަތް ކުރަނީ

މި ހޮހޮޅައިގެ ވާހަކަ އަކީ އެކި އެކި ދީނީ ލިޔުންތަކުންނާއި ރަސޫލާގެ ސިޔަރަތު އަޑު އަހާ ގިނަ އަދަދެއްގެ ދިވެހިންނަށްވެސް އިވިފައިވާނެ ވާހަކަ އެކެވެ. ނަމަވެސް މިފަރުބަދަ ހުންނަ ގޮތާއި ފަރުބަދައިގެ އެ މުހިންމު ހޮހޮޅަ ހުންނަ ގޮތް ނޭގުމަކީ އެކަށީގެންވާ ކަމެކެވެ.

ހިރާ ހޮހޮޅަ ހުންނަނީ މައްކާ އާ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ދުރުގައެވެ. މިތަންވަނީ ނޫރު ފަރުބަދަ (ޖަބަލުއް ނޫރު) މަތީގައި 634 މީޓަރު އުހުގައެވެ. ހޮހޮޅައިގެ އަނމަތި ހުންނަނީ ސީދާ ކައުބާ އާ ދިމާވާ ގޮތަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޮހޮޅައިގެ ޖާގައިގެ ބޮޑު މިނަކީ، އޭގެ ތެރޭގައި އެއް ފަހަރާ ބޮޑެތި 6 މީހުންނަށް ތިބެވޭ ވަރުގެ ޖާގަ އެކެވެ.

ހިރާ ހޮހޮޅައިގެ އެތެރެ

ނޫރު ފަރުބަދަ އަކީ ދުރުންވެސް ފަސޭހައިން ފާހަގަ ކުރެވޭފަދަ ބައްޓަމަކަށް ހުންނަ ފަރުބަދަ އެކެވެ. ފަރުބަދައިގެ އެންމެ އުސްބައި ފެންނަނީ ޖަމަލުގެ ބުރަކަށިމަތީގައި އުފުއްލިފައި ހުންނަ ގުދުގެ ބައްޓަމަށެވެ.

ހޮހޮޅަ އަށް ޒިޔާރަތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ނޫރު ފަރުބަދަ ހުންނަ ތަނުގެ ގޮތުންނާއި އަދި ހޮހޮޅަ ހުންނަނީ އެ ފަރުބަދައިގެ އެންމެ އުހުގައި ކަމަށްވާތީއެވެ. ނޫރު ފަރުބަދަ އާ ހަމަ އަށް ގޮސް ހޮހޮޅަ އާއި ހަމަ އަށް އެރޭނީ ފައި މަގުގައި ވިއްސަކަށް މިނެޓުންނެވެ.

އުނދަގޫތަކާ އެކުގައި ނަމަވެސް ފަރުބަދަ އަށް އަރާ ހޮހޮޅަ އަށް ޒިޔާރަތް ކުރާ މީހުން ދަނީ އިތުރުވަމުންނެވެ. ޒިރާތްކުރާ ބައެއް މީހުންގެ ސަބަބުން ހޮހޮޅަ ތެރޭގައި ހުރި ހިލަތަކަށާއި އަދި ހޮހޮޅައިގެ ބޭރުގައިވާ ހިލަތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބެމުންދާ ކަން ދަނީ ފާހަގަ ކުރެވުމުންނެވެ. ސްވެނިއަރގެ ގޮތުގައި ގެނައުމަށް ހިލަކޮޅުކޮޅު ނެއްޓުމާއި، ހިލައިގައި ނުފެހެވޭ ދެލިން ލިޔުމާއި، އެކި އެކި އެއްޗެހި ހިލައިގައި ކަނޑާ ނެގުން ފަދަ ކަންކަން މީހުން ކޮށްފައި އެބަހުއްޓެވެ. ހިލައިގައި ލިޔެ އަދި ކަނޑާ ނެގުމުން، ކުރިން ހުރި ހާލަތައް ރުޖޫއަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

ހިރާ ހޮހޮޅަ ހުންނަ ނޫރު ފަރުބަދަ

ހިރާ ހޮހޮޅައަކީ މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޝައުގެއް ދެވިފައިވާ ހޮހޮޅައެއް ކަމާ މެދު ޝައްކެއް ނެތެވެ. އެއީ އިސްލާމީ ނޫރު މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވުމަށް މި ދުނިޔެއިން މާތް ﷲ އިޚްތިޔާރު ކުރައްވާ ކަނޑައެޅުއްވި ތަނެވެ. އެކަމުގެ ހިކްމަތް ދެނެވޮޑިގެންވާނީ އެކަނލާގެއެވެ.

ހިރާ ހޮހޮޅައިގެ އެތެރެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

17 އޮކްޓޯބަރު 2025
އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ.

އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ.

21 އެޕްރީލު 2022
ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

23 އެޕްރީލު 2021
އެންމެ ފުރަތަމަ ލިޔެވުނު ހަދީޘް ފޮތް، އިމާމް މާލިކުގެ މުއައްޠާ

އެންމެ ފުރަތަމަ ލިޔެވުނު ހަދީޘް ފޮތް، އިމާމް މާލިކުގެ މުއައްޠާ

18 އޯގަސްޓު 2020
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

24 އެޕްރީލު 2020

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު