Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުންފުނިތަކުން ލޯނު ނެގުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދައިފި

1 ޖެނުއަރީ 2025 | ބުދަ 07:05

ކޯޑަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖެނުއަރީ 2025 | ބުދަ 07:05
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގާރަ ދުވަހު އާންމުކުރި ސަރކިއުލަރގައި ބުނެފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް، އެ ބޯޑުން ވަނީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން އެކުލަވާލާފައިވާ ކަމަށެވެ.

މިއީ ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލްކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުމަށާއި، ކޯޕަރޭޓް ގަވަރަނަންސް ހަމަތައް ނެގެހެއްޓުމަށްޓަކައި، އެ ގާނޫނުގެ 62 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށް ޕީސީބީން ބުނެއެވެ.

ލޯނު ނަގަން ބޭނުންވާ ކުންފުނިތަކުން، މި ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ބޯޑުން ނިންމުމަށްފަހު، ކުންފުނީގެ ހިއްސާދާރުގެ ހުއްދައަށް އެދި ފޮނުވަންވާނެކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ލިބުމުން، ލޯނު ނެގުމަށް ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ހިއްސާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ގައިޑްލައިންގައި ބުނެފައިވަނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" ގެ 22 ވަނަ މާއްދާއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބައްދަލުވުމުގައި ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ކޯޑަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ.

އަދި މި ކޯޑަށް އަމަލުކުރުން މިވަގުތު އިސްތިސްނާވާ ކުންފުނިތަކުގެ ތެރެއިން، ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ވެސް މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނި ފިނޭންސް މިނިސްޓްރީއަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެހެނިހެން ދައުލަތުގެ ވިޔަފާރިތަންތަނުންވެސް ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގައި މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހިއްސާދާރުގެ ހުއްދަ ހޯދުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް