Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ ބޯޓެއް ވެއްޓުން

ދެކުނު ކޮރެއާ މަތިންދާ ބޯޓެއް ގޮވާ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ

ކޮރެއާގެ ޔޮންހަޕް ނޫސް އެޖެންސީއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޯޓުން ދަތުރުކުރީ ޖުމުލަ 175 ފަސިންޖަރުންނެވެ.

އޮންލައިން ފްލައިޓް ޓްރެކިން ވެބްސައިޓް، ފްލައިޓްރެޑާ24 އިން ބުނާ ގޮތުގައި މި ބޯޓު ދަތުރުކުރަމުން ދިޔައީ ބެންކޮކުން މުއާން އަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޑިސެމްބަރު 2024 | އާދީއްތަ 03:07
ވެއްޓުނު ޖެޖު އެއާބަސް

ވެއްޓުނު ޖެޖު އެއާބަސް

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި ޖެޖު-އެއާ ގެ ބޯއީން 737 މަރުކާގެ މަތިންދާބޯޓު ގޮވާ، 29 މީހުން މަރުވެއްޖެއެވެ.

ކޮރެއާގެ ޔޮންހަޕް ނޫސް އެޖެންސީއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޯޓުން ދަތުރުކުރީ ޖުމުލަ 175 ފަސިންޖަރުންނެވެ. މީގެތެރެއިން ސަލާމަތް ވިކަމަށް އެ އެޖެންސީން ބުނެފައިވާކަމަށް ރިޕޯޓުތަކުގައި ވަނީ ދެ މީހުންނެވެ.

ޔޮންހަޕް ނޫސް އެޖެންސީއާއި ހަވާލާދީ ރިޕޯޓުތައް ބުނީ ދެނުކު ކޮރެއާގެ ވެރިރަށް ސޯލްގެ ބައިނަލްއަޤުވާމީ އެއާޕޯޓުގެ ރަންވޭ މަތިން ގޮވި މި ބޯޓުން ދަތުރުކުރީ 175 ފަސިންޖަރުންނާއި ހަ ކުރޫން ކަމަށާއި މީގެ ތެރެއިން 29 މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ތައިލެންޑުން ފުރައިގެން އައިސް ދެކުނު ކޮރެއާގެ މުއާން އެއާޕޯޓަށް ޖައްސައިގެން ރަންވޭމަތިން ދުއްވާފައި ދަނިކޮށް ދެ އިންޖީނު ރަންވޭ ނިމޭހިސާބުގައި ހުރި ފާރުބުރިތަކެއްގައި ޖެހިފަކަމަށް ޔޮންހަޕް ނޫސް އެޖެންސީން ބުނެއެވެ.

މި ހާދިސާ ގާތުން ދުއް އެއާޕޯޓްގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ ހާދިސާ ހިނގި ވަގުތު ލަސްނުވެ ރެސްކިއު އޮޕަރޭޝަންތައް ފަށާފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދިނީ ބޯޓުގައި ދަތުރުކުރި ފަސިންޖަރުން ސަލާމަތް ކުރުމަށް ކަމަށެވެ.

ބޯޓު ގޮވި މި ހާދިސާގައި އިސްކޮށް އުޅެމުން އައި ފަޔަރ ރެސްކިއު ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ބުނީ މިހާތަނަށް ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 29 މީހުން މަރުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އިންޖަރީ ލިބުނު މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭކަމަށެވެ.

"މިހާތަނަށް ބޯޓު ވެއްޓުނު ހާދިސާގައި 29 މީހަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވޭ. އެކަމަކު ލިބިފައިވާ ސީރިއަސް އަނިޔާތަކުގެ ސަބަބުން އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ،" ލޯކަލް ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލަކު ނޫސް އެޖެންސީ އޭއެފްޕީއަށް ވިދާޅުވި އެވެ.

އޮންލައިން ފްލައިޓް ޓްރެކިން ވެބްސައިޓް، ފްލައިޓްރެޑާ24 އިން ބުނާ ގޮތުގައި މި ބޯޓު ދަތުރުކުރަމުން ދިޔައީ ބެންކޮކުން މުއާން އަށެވެ.

އޮންލައިން ފްލައިޓް ޓްރެކިން ވެބްސައިޓް، "ފްލައިޓްރެޑާ24" ގައި ބުނެފައިވާ ގޮތުގައި މި ބޯޓު ދަތުރުކުރަމުން ދިޔައީ ބެންކޮކުން ދެކުނު ކޮރެއާގެ މުއާން އަށެވެ.

އިތުރު ތަފްސީލް އަންނަނީ......

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު