Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނގިރޭޓް ކޭސްތަކެއް ގެއްލުން

ރާއްޖެ އެތެރެކުރި 575 ސިނގިރޭޓް ކޭސް ގެއްލިއްޖެ

575 ސިނގިރޭޓް ކޭސް ގެއްލުނު އިރު، އޭގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޑިސެމްބަރު 2024 | އާދީއްތަ 01:44
ވިއްކަން ބަހައްޓާފާޢި ހުރި ސިނގިރޭޓު ފޮށިތަކެއް - ފޮށީގައި ސިއްހަތާބެހޭ އިންޒާރުގެ މެސެޖު ހުރުން މިހާރު ގިނަ ގައުމުތަކުގައި ލާޒިމު

ވިއްކަން ބަހައްޓާފާޢި ހުރި ސިނގިރޭޓު ފޮށިތަކެއް - ފޮށީގައި ސިއްހަތާބެހޭ އިންޒާރުގެ މެސެޖު ހުރުން މިހާރު ގިނަ ގައުމުތަކުގައި ލާޒިމު

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ގެއްލިއްޖެ އެވެ.

މި ސިނގިރޭޓުތައް ގެއްލިފައި ވަނީ މާލޭގެ ބޮންޑެޑް ވެއަރހައުސްއެއްގައި ބަހައްޓާފައި ވަނިކޮށެވެ.

ސިނގިރެޓްތައް ގެއްލުނުކަމަށް ބުނާ މި މައްސަލަ ދިވެހި ފުލުހުންނާއި ކަސްޓަމްސްއިން ބަލަމުންދާކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ވެއަރހައުސްއަކީ ކަސްޓަމަސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައުލޫމާތު ލިބުނު ގޮތުން، 575 ވަރަކަށް ސިނގިރޭޓް ކޭސް ވަނީ ވީނުވީއެއް ނޭންގި ގެއްލިފައިއެވެ. އެ އަދަދުން ބަލާނަމަ އެއީ 34،500 ކާޓޫނެވެ. ވަކިވަކިން ބަލާނަމަ އެއީ ހަތް މިލިއަނެއްހާ ސިނގިރޭޓެވެ. މީގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނެ އެވެ.

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުއްޓައި ގެއްލުނު މި ސިނގިރޭޓް ކޭސްތަކުގެ އިމްޕޯޓު ޑިއުޓީ ހިމެނޭގޮތަށް ދައުލަތަށް ދައްކަންޖެހޭ އެކި ފީތަކުގެ އަދަދު ޖުމްލަ 47 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެތަކެތި ގެއްލިފައި ވަނީ ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުންނެވެ. ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ 8 ރުފިޔާ އަށް ބޮޑުކުރަން ފާސްކުރި ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު 1، ގަ އެވެ.

ކަސްޓަމްސް އާއި ފުލުހުން ވަނީ މިކަން ސިއްރުކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން އެ ދެ އިދާރާގެ ރަސްމީ ބަހެއް ލިބިފައެއްނުވެ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު