Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ ތަހުގީގު ކުރުން

ޓިނު އިމާރާތުގެ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އައި އިންޑިއާގެ ޓީމުން ދިރާސާތައް ކޮށްފައިވޭ: ފުލުހުން

އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމު ފުރީ 22 ޑިސެންބަރު 2024ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޑިސެމްބަރު 2024 | ހޮނިހިރު 07:41
ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ޓިނު އިމާރާތުގެ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އައި އިންޑިއާގެ ޓީމުން ދިރާސާތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ 12 ޑިސެންބަރު 2024 ގައި މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމު 22 ޑިސެންބަރު 2024 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ.

އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ 20 ޑިސެންބަރު 2024 ގައެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ. އަލިފާންގަނޑު އެހައި ބޮޑަށް ފެތުރި، ރޯވި ސަބަބާއި ގުޅޭގޮތުން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންދާއިރު، އިންޑިއާ ޓީމް އައުމުގެ ކުރިން އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް އިން ވަނީ ކޮށްފައެވެ. އެއީ ހެކި ނައްތާލުން ކަމަށާއި، ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ސުވާލު ވެސް އުފައްދާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ފަތިހު 5:30 އިން ފެށިގެން އެއިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ދުމުގެ އަސަރު އެތަނުން ފެންނަމުން ދިޔަ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަަ ވަގުތުތަކެއް ހޭދަވެގެންދިޔައިރު، މިކަމުގައި އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. މިހާދިސާގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ އެމްއެންޑީއެފްކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ 6:00 އާއި 6:30 އާދޭތެރޭގައި އެމްއެންޑީއެފުން މިކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ބޭރަށް ފެނިފައިވަނީ އޭގެ ގާތްގަނޑަކަށް ދޮޅުގަޑިއިރު ފަހުން ކަމަށާއި، އެހެންކަމުން އެމްއެންޑީއެފްގެ ބޭފުޅުންނަށް މިކަމުގައި މަސައްކަތް ކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

އަލިފާން ރޯވި ދެ އިމާރާތުގައި ހިންގަމުންދިޔައީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެކެވެ. މިހާރު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ގެއްލުން ލިބުނު ލިޔެކިޔުންތައް ތަރުތީބުކޮށް، ރިކަވާ ކުރުމުގެ މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު