Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރު ޖަވާބުދާރީ ކުރުވުން

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ޑިމޮކްރެޓްސް އާއި، އެމްޑީޕީ ގުޅިގެން ކުރެވޭނެ: އިބްރާހިމް ރަޝީދު

27 ޑިސެމްބަރު 2024 | ހުކުރު 08:14

ކުރިއަށް އޮތްތަނުގައި ދެޕާޓީން ގުޅިގެން ޖަލްސާތައް ކުރިއަށް ގެންދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2024 | ހުކުރު 08:14
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ- ފައިލް ފޮޓޯ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ- ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދަ ޑިމޮކްރެޓްސް އާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅިގެން ކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި، ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ކަމަށެވެ. މިހާރު މަސައްކަތް މިކުރަނީ ވެރިކަމަށް އައުމަށް ނޫން ކަމަށާއި، މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މިމަސައްކަތް އެމްޑީޕީއާއި، ޑިމޮކްރެޓްސް ގުޅިގެން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިބްރާހިމް ރަޝީދު ވިދާޅުވީ މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހުރިހާ މަސައްކަތްތަކެއްގައި ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، ޖަމިއްޔާ ޖަމިއްޔާތަކުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާނަމަ އެބަޔަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ދޫނުކުރާ މައްސަލައާއި، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ނުދޭ މައްސަލައާއި، ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަން އުޅޭ މައްސަލަ އަދި މަސްވެރިންނަށް ހަމައަގު ނުދޭ މައްސަލާތަކުގައި ޖަމިއްޔާތަކުން އަދި ރައްޔިތުން ނުކުންނަ ކަމަށްވާނަމަ އެބަޔަކާއެކު ޑިމޮކްރެޓްސް ނުކުންނާނެ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ޑިމޮކްރެޓްސްއާ އެމްޑީޕީ ގުޅިގެން ވެރިކަމަށް އައުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެވޭ ކަމަށާއި، އެއްޕާޓީ އަނެއް ޕާޓީގެ އެތެރޭގެ ކަންތައްތަކުގެ ވާހަކަތައް ނުދައްކާނެ ކަމަށެވެ. މިހާރު ކުރިއަށް ދަނީ މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވޭނެ މަސައްކަތްތަކުގެ ނުރަސްމީ ވާހަކަތައް ކަމަށާއި، ނުރަސްމީކޮށް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ދެޕާޓީން ގުޅިގެން ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، މިސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަތައް ދެއްކޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެޕާޓީ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވައި، މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ގިނަ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް