Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ފްލެޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހައުސިން މިނިސްޓްރީ އަށް ދިން ލަފާގެ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް އައިކޮމް އިން އަންގައިފި

ފަހި ޔޫނިއަން އިން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެ ޔޫނިއަން އިން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 17:51
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓް އޭސީސީން ހުއްޓުވި ފަހުން އެކަމާއި ގުޅޭ ޤާނޫނީ ލަފައެއް ހައުސިން މިނިސްޓްރީ އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންތޯ ސާފުކުރުމަށް އެދުމުން އެ މައުލޫމާތު ނުދީ ހިފެހެއްޓޭނެ ފަދަ ހާލަތެއް ނެތް ކަމަށް ކަނޑައަޅާ އެ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ފަހި ޔޫނިއަން އަށް ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން އަންގައިފިއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ އަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓް އޭސީސީން ހުއްޓުވި ފަހުން އެކަމާއި ގުޅޭ ޤާނޫނީ ލަފައެއް ހައުސިން މިނިސްޓްރީ އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންތޯ ސާފުކޮށްދިނުމަށް އެދި ހުށަހެޅުމަށް އިޖާބަ ނުދިނުމުން ހުށަހެޅި ޝަކުވާއެކެވެ.

Advertisement - newsAdvertisement

ފަހި ޔޫނިއަން އިން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެ ޔޫނިއަން އިން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް ހުށަހަޅާފައެވެ. އެހެންކަމުން އެ ޤާނޫނުގެ 9 ވަނަ މާއްދާގެ 12 މާއްދާ އިން ބަޔާން ކުރާ އިޖުރާއަތުތަކާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޚިޔާފުވެފަވާ ކަމަށް ކަނޑާއަޅާދިނުމަށް ފަހި ޔޫނިއަން އިން ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން ކަން ހިނގި ގޮތް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީސް (އައިކޮމް) އިން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކަމުގެ މައުލޫމާތު ސާފުކޮށްފައެވެ. އެގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ 28 ނޮވެމްބަރގައި އެކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީސް (އައިކޮމް) އަށް ސިޓީ އެއް ފޮނުވާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓް އޭސީސީން ހުއްޓުވި ފަހުން އެކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓް އޮފީހުން ޤާނޫނީ ލަފައެއް ދީފައިވާނެތޯ އޮޅުން ފިލުވުމަށް ފަހި ޔޫނިއަން އިން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. ފަހި ޔޫނިއަންގެ ފަރާތުން، ޤާނޫނު ނަމްބަރު 1/2014 ( މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނު)ގެ ދަށުން، ހުށަހެި ހުށަހެޅުމަށް އެ އޮފީހުން ޖަވާބު ދީފައިވާނެ ކަމަށް އައިކޮމް އަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އެގޮތުން، ފަހި ޔޫނިއަން އިން އެދިފައި ވަނީ ހައުސިން މިނިސްޓްރީން އެދިގެން ޤާނޫނީ ލަފަ އެއް، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ފަރާތަކަށް ދީފައިވާނެތޯ ކަމަށް އެ ސިޓީގައިވެއެވެ. އަދި އެ އޮފީހުން އެއްވެސް ފަރާތަކަށް ޤާނޫނީ ލަފައެއް ދީފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން ފޮނުވި ލިޔުމަކާއި މެދު ދެކޭ ގޮތް އެ މިނިސްޓްރީއަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވާނީ ދަންނަވާފައިވާނެ ކަމަށް އެ ސިޓީގައިވެއެވެ. އަދި އެ މައުލޫމާތު ހައުސިން މިނިސްޓްރީން ހޯދުމަށްފަހިޔޫނިއަން އަށް އަންގާފައިވާނެ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ ގޮތަށް އަމަލު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ މައުލޫމާތު ދިނުން އެންމެ ރަނގަޅު ހާލަތުގައި އެ ހުށަހެޅުމެއް ދިނުން އެންމެ އައުލާކަން ބޮޑު މުއައްސަސާއަކަށް ބަދަލު ކުރެވިދާނެ ކަމަށް ވާތީ, އެގޮތުގެ މަތީން އެކަމަށް މަސައްކަތް ކުރުމަށް ފަހުގައި ކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން އައިކޮމް އަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ އޮފީހާއި ހައުސިން އާއި މެދު ބަދަލުކުރި ލިޔުންތައް ބަދަލުކޮށްފައި ވަނީ ސިއްރު ލިޔެކިޔުންތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ސިއްރު ލިޔުންތައް ހާމަކުރެވޭނީ އޮޑިޓް ޤާނޫނުގެ 24 ވަނަ މާއްދާ އާއި އެއްގޮތަށް ކަމާއި ބެހޭ ފަރާތުގެ ރުހުމާއި އެކުގައި ކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ލިޔުންތައް ހައުސިން މިނިސްޓްރީން ހޯދުމަށް ފަހި ޔޫނިއަންގައި ދަންނަވާފައިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ކަންކަމަށް ބެލުމަށް ފަހު މި މައްސަލަ ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި އަޑު އެހުމެއްގައެވެ. އައިކޮމް އިން ބުނީ އެ ޝަކުވާ އާއި ގުޅިގެން ބެލިބެލުމުން، އޮޑިޓަރޖެނެރަލްގެ އޮފީހުން ހޯދުމަށް އެދުނު މައުލޫމާތަކީ ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ބުނާ ކަމަށެވެ. އެހެންނަމަވެސް ހޯދަން އެދިފައިވާ މައުލޫމާތަކީ (ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓް އޭސީސީން ހުއްޓުވި ފަހުން އެކަމާއި ގުޅޭ ޤާނޫނީ ލަފައެއް ހައުސިން މިނިސްޓްރީ އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންތޯ، އަދި އެ ލަފަޔަކީ ކޮބާތޯ) އެ މައުލޫމާތު ފޯރުކޮށްދިނުމުން ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބޭނެ ފަދަ ހާލަތެއް ނެތް ކަމަށް އައިކޮމް އިން ވަނީ ބުނެފައެވެ.

އައިކޮމް އިން އިތުރަށް ބުނެފައި ވަނީ ހޯދަން އެދިފައިވާ މައުލޫމާތަކީ އިސްތިސްނާ ހާލަތަކަށް ފެތޭ މައުލޫމާތެއް ކަމަސް ނުވާތޯ އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ފަހި ޔޫނިއަން އަށް ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު