ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 12:30
ނީޒާ އިމާދު
ނީޒާ އިމާދު
ރާއްޖެއެމްވީ
މަގާމުން އިސްތިއުފާދެއްވުން
ނަން އަނބުރާ ނެންގެވުމުން ނީޒާ އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި
ނީޒާ އިސްތިއުފާ ދެއްވާފައިވަނީ އާދިއްތަ ދުވަހު
ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން އޭނާގެ ނަން އޮގަސްޓް 16 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވޭ
އެހެންނަމަވެސް މިއަދު ވަނީ އަނބުރާ އޭނާގެ ނަން ގެނެސްފައި

އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސެވުމަށް ނިންމެވުމަށް ފަހު ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ނެންގެވުމުން އޭނާ އެމްއެމްއޭއިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްއޭއަށް ހިދުމަތް ކުރައްވާތާ 31 އަހަރުވެފައިވާ މިހާރު އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދުގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ނީޒާގެ ނަން އަނބުރާ މިއަދު ނެންގެވުމަށް ފަހު ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަސީރެވެ.

ނީޒާ ވިދާޅުވި ގޮތުގައި އޭނާގެ ނަން އަނބުރާ ނެންގެވީ އޭނާ ގަބޫލް ކުރައްވާ ގޮތުގައި ސަރުކާރުން އިތުބާރު ނުކުރާތީ އެވެ.

"ސަރުކާރުން އިތުބާރުނުކުރާކަން މިއެނގުނީ 31 އަހަރު އެމްއެމްއޭއަށް ހިދުމަތް ކުރި ފަހުން. އަޅުގަނޑުގެ ނަން ހުށަހެޅުއްވުމަށް ރައީސް އޮފީހުން ގުޅުއްވި، އަދި ނަން އަނބުރާ ނެގުމަށް ވެސް ގުޅުއްވި. ނަމަވެސް އެސިސްޓެންޓް ގަވަރުނަރުފަދަ މަގާމެއްގައި ހުންނަވާއިރު، މިފަދަ ގޮތަކަށް ކަންތައް މެދުވެރިވުމުން ދޭހަކޮށް ދެނީ ސަރުކާރުން އިތުބާރު ނުކުރާކަން. އެހެންވެ، މަގާމުގައި ދެމިހުންނަން ބޭނުންނުވީ،" ނީޒާ ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ.

ގަވަރުނަރަކަށް ނީޒާ އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ، ކުރިން އެ މަގާމުގައި ހުންނެވި އަޒީމާ އާދަމް ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 އޯގަސްޓް 2017 | އާދީއްތަ 15:15
ޔާމީން2018
ގަވަރުނަރަކަށް ނީޒާގެ ބަދަލުގައި ނަސީރު ހަމަޖެއްސުމަކީ އެއީ ސަރުކާރުގެ އަތް މަތީގައި އޮތް ކަމެކެވެ. ސަރުކާރަކަށް މަޖްބޫރެއް ނޫން ދޯ ނީޒާ ހަމަޖައްސާ ކަށް އަދި ނަސީރު ވެސް ހަމަ ޖައްސާން. ނަސީރުގެ ނަންވެސް އަނބުރާ ގެންނަން ޖެހިއްޖެނަމަ ސަރުކާރުން އަނބުރާ ގެންނާނަމެވެ. މަމެންނަށް އިތުބާރު ކުރެވޭ ގަވަރުނަރަކު މަމެން ބޭނުން ވަނީ އެމްއެމްއޭގައި ބަހައްޓަން. އެއިރަށް ދޯ ކަންކަން ފުރިހަމަ އަށް ތަރްތީބު ވަމުން ގޮސް މަމެން ޕިންކީން ނަށް މިރާއްޖޭގައި ގާއިމް ކުރެވިފައިވާ މަމެން ޕިންކީންގެ ސަރުކާރަކީ އެއީ ޓޯޓަލިޓޭރިއަމް ސްޓައިލްގެ ސަރުކާރަކަށް ވެގެން ދާނީ. މަމެން އުއްމީދު ކުރަން ނަސީރު ގަވަރުނަރަކަށް އައްޔަން ކުރުމުން މަމެން ބޭނުންވާ މަގްސަދު ހާސިލްވެ މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދާނެ ކަމަށް. ދިސް އިޒް ދަ ފީލިންގް. ގިވް އިޓް ވެން ވީ ވޯންޓް އިޓް. ޓޯކް ޓު މީ ލައިކް އަ މޭން. ގިވް އިޓް ވެން އައި ވޯންޓް އިޓް. ގިވް އިން ޓު މީ. ގިވް އިން ޓު މީ. ގިވް އިން ޓު މީ. ގިވް އިން ޓު މީ. ގިވް އިން ގިވް ގިވް އިން ގިވް އިން. އޯއޯއޯ އޯއޯއޯ އޯއޯއޯ ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް..
20 އޯގަސްޓް 2017 | އާދީއްތަ 14:50
ސުންޑެލި
މިހެންވީމައޭ އަހަރެން ކެނޑިނޭޅި ޒުވާނުންނަށް ނަސޭހަތް މިދެނީ ކުދީންނޭ މިގައުމަށް ހިދުމަތްކުރަން އުމުރު ހޭދަނުކުރާށޭ. ކޮންމެވެސް އަމިއްލަ މަސައްކަތެއް ނޫނީ ވިޔަފާރިޔެއް ކުރާށޭ!!!!