Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޯތި ވައްކަން

ބިން ވިއްކުމުގެ ބޮޑު ވައްކަމާ ގުޅިގެން އެޗްޑީސީން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަ ކޮށްފި

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 08:45
ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން މި ސަރުކާރުން ވަނީ އެތައް ގޯއްޗެއް ވިއްކާފައި

ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން މި ސަރުކާރުން ވަނީ އެތައް ގޯއްޗެއް ވިއްކާފައި

"ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަކިކުރި 15 މުވައްޒަފުންގެ ވަޒީފާ ބުދަ ދުވަހު އަލުން އިއާދަ ކޮށްފިއެވެ.

އެޗްޑީސީގައި މަސައްކަތް ކުރަމުންދާ 15 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފައިވާ ކަމަށް އަންގާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އުވާލި ކަމަށް ބުނާ ލިޔުމެއް ވެސް ވަނީ އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

އެޗްޑީސީގެ ޗެއަރޕާސަން އަޙުމަދު ނާސިފް ސޮއިކުރައްވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހަވާލާދީ، ވަޒީފާއާއި ބެހޭ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ނާސިފް އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ، އެޗްއާރު ހެޑް ސޮއިކުރަން ދެކޮޅު ހެދުމާ ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާ އިޔާދަ ކުރިއަސް އެ މުވައްޒަފުން ތިބީ ސަސްޕެންޝަނުގައެވެ.

އެހެން ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުން މިހާރު ސަސްޕެންޝަނެއްގައި ތިއްބަސް ބަލަމުންދާ ކަންކަމާ ގުޅުން ނެތް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާނެއެވެ. އަދި ގުޅުން އޮތް މީހުންނާ މެދު ވެސް އަޅަން ޖެހޭ ފިޔަަޅުތައް ކުރިއަށް ދާނެއެވެ.

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

ފުލުހުންނާއި އޭސީސީން ކުރިއަށްދާ ތަހުގީގުގައި އެޗްޑީސީގެ އިތުރުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައިވެއެވެ.

ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ވަގު ޑޮކިއުމެންޓް ހަދައިދިންކަން ކަށަވަރުވެ، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން އާ މެނޭޖިން ޑިރެކްޓަރ ކަމަށް މައުރޫފް ޖަމީލު ވަނީ އައްޔަން ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު