Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑް ކަޕް

އުންމީދަކީ ބޮޑު ދަނޑުތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދިޔުން: މަޚްލޫފް

މަޚްލޫފް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ގިނަ އަހަރުތަކެއް ފަހުން ގަލޮޅު ރަސްމީ ދަނޑުން ފުޓުބޯޅައިގެ ފޯރި ފެނުމަކީ ރަނގަޅު ފެށުމެއް ކަމަށް ދެކޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 03:29
ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ބޮޑު ފުޓުބޯޅަ ދަނޑުތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް، ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މަޚްލޫފް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ނިމުނު ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ފެނުނު ފޯރި އާއި ވާދަވެރިކަމަށް އިޝާރާތް ކުރަމުންނެވެ. މަޚްލޫފް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ގިނަ އަހަރުތަކެއް ފަހުން ގަލޮޅު ރަސްމީ ދަނޑުން ފުޓުބޯޅައިގެ ފޯރި ފެނުމަކީ ރަނގަޅު ފެށުމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެކަން ސިޔާސީ ނުކޮށް، އެ ރަށްތަކުގައި އޮތް ފޯރި އާއި ޖޯޝު ގެއްލުވާ ނުލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. މަޚްލޫފް ވަނީ ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ރާވާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ވެސް ޝުކުރު އަދާކޮށް، މަރުޙަބާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ 90ގެ އަހަރުތަކާ ހަމައަށް މާލޭގައި އޮތް އަވަށު ފޯރި ގެއްލި، ގަލޮޅު ދަނޑު ހުސްވިޔަސް، ހަގީގަތަކީ މިހާރު ވެސް އަދި މީގެ ކުރިން ވެސް ރާއްޖޭގެ ރަށް ރަށުގައި ފުޓުބޯޅައިގެ ފޯރި ކެނޑިގެން ނުދާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ބޭއްވި ކޮންމެ ފުޓުބޯޅަ މުބާރާތަކުން ވެސް އެ ފޯރި ފެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެގޮތުން ރަށުގެ ޓީމަށް ސަޕޯޓު ކުރުމަށް ދޯނި ފަހަރުގައި ބެރު ޖަހާފައި ރައްޔިތުން ދަތުރު ކުރަމުން ދިޔަކަން ވެސް މަޚްލޫފް ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރަށް މަޚްލޫފް ވިދާޅުވީ މުބާރާތުގައި 17 ރަށެެއް ވާދަކޮށްފައިވާއިރު، އެ ރަށްތަކުގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް ޤާއިމުކޮށްދެވިފައިވާތީ އެކަމާ އުފާ ކުރާ ކަމަށެވެ. އެގޮތުން 400 މީހުންގެ އާބާދީ އޮތް ހއ.ތުރާކުމުގައި އެއް ދަނޑު ތަރައްޤީ ކޮށްދިނުމުން ފެށިގެން، 30،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އައްޑޫ ސިޓީގައި ވެސް ހަތަރު ދަނޑު ތަރައްޤީ ކުރެވުނުކަން މަޚްލޫފް ފާހަގަ ކުރި އެވެ. މީގެ އިތުރުން ޖުމުލަ 70 ރަށެއްގައި ބޮޑު ދަނޑުގެ މަސައްކަތް ނިންމައި، 70 އަށް ވުރެ ގިނަ ރަށުގައި ދަނޑުގެ މަސައްކަތް ފެށިފައިވާތީ އުފާ ކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޕޯސްޓު ނިންމާލަމުން މަޚްލޫފް ވިދާޅުވީ އެ ފަދަ ވާދަވެރި މުބާރާތްތައް ގިނަވެ، އެ ދަނޑުތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން އައުމަށް އުންމީދު ކުރާ ކަމަށެވެ. އަދި ދިވެހި ފުޓުބޯޅަ އަށް އަބަދު ވެސް ކުރިއެރުމާއި ކާމިޔާބަށް އެދޭ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު