Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު

ތަރުޖަމާނު ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ނުލިބޭ: ރައީސް މުއިއްޒު

ގަވައިދާ ހިލާފަށް ކަމެއް ކުރާ ކަމަށްވާނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޑިސެމްބަރު 2024 | އާދީއްތަ 11:21
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަދައްކަވަނީ

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަދައްކަވަނީ

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައެއް މީޑީއާތަކަށް ދައުވަތުދީގެން މިހާރު ހިނގައިގެން އުޅޭ އެޗްޑީސީ ގޯތީގެ ވައްކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަދައްކަވާފައެވެ. ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާ ކަމަށްވާނަމަ އެކަމެއް ބަލާނެ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ކަމެއް ކުރާ ކަމަށްވާނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި، އެމައުލޫމާތު ލިބިފައިވާނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެމައްސަލަ ބަލާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ހީނާ އިސްވެ ހުންނަވައި އެންސްޕާއިން ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނާ ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްލާފައެވެ.

މި އެއްބަސްވުމާ ބެހޭ ލިޔެކިޔުންތަކުން އެނގޭގޮތުގައި ޓެންޑާ ބޯޑް މެދުވެރިކޮށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އެ ގެއިން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000ރ އެންސްޕާ އިން ޚަރަދު ކުރާ ގޮތަށެވެ. އެންސްޕާއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 34.8 މިލިއަން ރުފިޔާގެ ކަރަޕްޝަން ހިމެނޭ މި ޑީލުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ހާމާކޮށްފައިވެއެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް މީޑިއާ ހައުސް އާއި އެންސްޕާ އާ ދެމެދު އިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދި ކަމުގެ ވާހަކަތައް އާންމުވުމާ ގުޅިގެން 29 ނޮވެމްބަރު 2024 ގައި އެންސްޕާ އިން ނެރުނު ބަޔާނުގައި އެންސްޕާ އާ ބެހޭ ގޮތުން ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. އެ އޭޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތް ހިންގީ ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ގަވައިދާ އެއްގޮތައް ކަމަށް ބުނެފައިވެއެވެ. އަދި 29 ނޮވެމްބަރ ގައި އެންސްޕާ އިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދުހީނާ ވަލީދު ކޮރަޕްޝަން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު