Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ޓޮޓެންހަމް އަތުން ލިބުނު މޮޅާއެކު، ސްލޮޓަށް ބޮޑު އުފަލެއް

އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެ މެޗަކީ، ރަށުން ބޭރުގައި މިހާތަނަށް ލިވަޕޫލް އިން ކުުޅުނު އެންމެ ރަނގަޅު މެޗު ކަމަށް ވެސް ސްލޮޓް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 03:22
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅާއެކު، ބޮޑު އުފަލެއްގައި ހުރި ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމް އިން ވަނީ އެއް ވަނަ މަގާމު ދިފާއުކޮށް، ލީޑު ފުޅާ ކޮށްފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ސްލޮޓް ބުނީ، މުޅި މެޗުގައި ވެސް ފެނުނީ ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ މަންޒަރު ކަމަށާއި، އެ މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ. އަދި އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެ މެޗަކީ، ރަށުން ބޭރުގައި މިހާތަނަށް ލިވަޕޫލް އިން ކުުޅުނު އެންމެ ރަނގަޅު މެޗު ކަމަށް ވެސް ސްލޮޓް ބުންޏެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން ސްލޮޓް ބުނީ އެ މެޗުގައި ވެސް ފެނުނީ އޭނާ ވަރަށް ގަޔާވާ ކަހަލަ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ސްލޮޓް ބުނީ ލިވަޕޫލް އިން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ކުރުމުގައި ދެމި ތިބެން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ލީގު ތާވަލްގައި މިވަގުތު ލިވަޕޫލް އެއް ވަަނައިގައި އޮތް ނަމަވެސް، ކުރިއަށް ހުރި މެޗުތަކާ މެދު އިންތިހާ އަށް ސަމާލުލަން ދޭން ޖެހޭނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. އޭނާ ބުނީ މިހާތަނަށް ލިވަޕޫލްގައި އޭނާ އަށް ކުރެވޭ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އޭނާ ބޭނުން ވަނީ މިހާރު އޮތް މިސްރާބުގައި ލިވަޕޫލް ކުރިއަށް ދާން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްލޮޓް ބުނީ ދެ ވަނައިގައި އޮތް ޗެލްސީން، ޕޮއިންޓެއް ގެއްލުވާލާނެ ކަމަށް އޭނާ އުންމީދު ވެސް ނުކުރާ ކަމަށެވެ. އޭނާ ބުނީ ބައެއް މެޗުތަކުގައި އެގޮތަށް ދިމާވާނެ ކަމަށާއި، ޕްރިމިއާ ލީގުގެ ޚާއްސަ ކަމަކީ އެއީ ކަމަށެވެ. އޭނާ ބުނީ ލީގުގެ ވާދަވެރިކަން އޮންނަނީ ވެސް އެ ސަބަބާ ހުރެ ކަމަށާއި، ޕްރިމިއާ ލީގަކީ ކާމިޔާބު ކުރަން އެންމެ އުނދަގޫ ލީގު ކަމަށެވެ.

ލީގުގައި މިހާތަނަށް ލިވަޕޫލް އިން ކުޅެފައިވާ 16 މެޗުގެ ތެރެއިން އެ ޓީމު ވަނީ 12 މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަމުންނެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 39 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ޗެލްސީ އަށް ދެ ވަނައިގައި ލިބެނީ 35 ޕޮއިންޓެވެ.

ލިވަޕޫލްއާން ސްލޮޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު