Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕް

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޑިސެމްބަރ މަހުގެ އުމްރާއަށް ދާ ބައިވެރިން ފުރައިފި

މިދަތުރުގައި ހުރިހާ ޢުމްރާވެރިންނަށްވެސް 4 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މައްކާގެ މުހިއްމު ތަންތަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2024 | އާދީއްތަ 18:22
ފަރީހައްޖު އެންޑް އުމްރާ ގްރޫޕް

ފަރީހައްޖު އެންޑް އުމްރާ ގްރޫޕް

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޑިސެމްބަރ މަހުގެ އުމްރާއަށް ދާ އުމްރާވެރިން ފުރައިފިއެވެ.

އެ ގްރޫޕްގެ ވެރިޔާ ފަރީދާ ހަސަން ރާއްޖެ އެމްވީއަށް މައުލޫމާތު ދިންގޮތުގައި، އެ ގްރޫޕްގެ އުމްރާވެރިންގެ ތެރޭގައި މި ފަހަރު ގިނައީ އަލަށް އުމްރާއަށް ދާ މީހުންނެވެ.

Advertisement - businessAdvertisement

މި ފަހަރު އުމްރާއަށް ދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ނިސްބަތުން މަދު ކަމަށާއި، ނަމަވެސް ސްކޫލް ދަރިވަރުންވެސް ނިސްބަތުން ގިނަކަން ފާހަގަކުރެއްވިއެވެ. ހުރިހާ ޢުމްރާވެރިންވެސް ރައްކާތެރިމަކާއެކު ޖިއްދާއަށް ވަނީ ދެވިފައެވެ. އަދި މެންދުރުގެ ވަގުތެއްގައި މައްކާގެ ހޮޓަލަށް ދެވެނޭކަމަށް ވަނީ ވިދާޅުވެފައެވެ.

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ ބައިވެރިން ފުރާފައިވަނީ 22 ޑިސެމްބަރ 2024 ވަނަ ދުވަހު ޑައިރެކްޓް ފްލައިޓެއްގައި ސީދާ މާލެއިން ޖިއްދާއަށެވެ. މިދަތުރުގައި 270 މީހުން ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގޮސްފައިވެއެވެ.

ފަރީ ހައްޖު އުމްރާ ގްރޫޕް ނުވަތަ އެކުވެރި ނަމުންނަމަ ފަރީ މިސްގެ ގްރޫޕްއަކީ ދިވެހިންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ އުމްރާ ގްރޫޕެކެވެ.

އެ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވީ މި އުމްރާ ދަތުރުގެ އެންމެހާ ކަންކަން ފަސޭހަ، އަދި ރައްކާތެރިގޮތަކަށް އިންތިޒާމްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި ވާކަމަށެވެ.

އެގޮތުން އުމްރާވެރިން ތިބުމުގެ އިންތިޒާމް ހަރަމާއިކައިރިން ވަނީ ހަމަޖައްސާފައެވެ.  އަދި ދިވެހި ޝެފުންގެ ރަހަތަށްވެސް މިދަތުގައި އުމްރާވެރިންނަށް ލިބޭނެކަމަށް ވިދާޅުވިއެވެ. ދަތުރަށް ފުރުމުގެ ކުރިން ޢުމްރާ ދަތުރާއި ގުޅޭގޮތުން ތަފާތު ޓްރެއިނިންތަށް ކުރިއަށްގެންގޮސް، ދަތުރާއި ގުޅޭ ހުރިހާ މައޫލޫމާތެއް ޢުމްރާ ވެރިންނަށް ވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދެއްވާފައެވެ. ހަމައެއާއެކު ޢުމްރާވެރިންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް އެކުލަވާލެވި އެބޭފުޅުންނަށްވެސް ވަނީ ތަމްރީނު ދެވިފައެވެ. އަދި މިދަތުރުގެ އެންމެހައި ކަންކަން އޮމާންކޮށް ދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދަތުރުގައި ހުރިހާ ޢުމްރާވެރިންނަށްވެސް 4 އުމްރާ ކުރުމުގެ ފުރުސަތު ހޯދާދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މައްކާގެ މުހިންމު ތަންތަނުގެ ތެރޭގައި އަރަފާތުބިން، މިނާގެ ފޭލިގެތައް، 3 ޖަމްރާ އަދި އެކި ފަރުތުބަދަތަކާއި މިސްކިތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މަދީނާގެ ދަތުރުގައި އުހުދު ހަނގުރާމަ ހިނގާފައިވާ މައިދާނަށާއި އެ ހަނގުރާމާގައި ޝަހީދުވި ބޭކަލުންގެ މަޤްބަރާއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ގުބާމިސްކިތައް ޒިޔާއަތްކޮށް އެތަނުގައި ނަމާދުކުރުމުގެ ފުރުސަތުވެސް އުމްރާވެރިންނަށް ފަހިކޮށްދެއްވާނެ ކަމުގައި ފަރީމިސް ވަނީ ވިދާޅުވެފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން މަދީނާގެ ރައުޟާއަށް ވަނުމުގެ އިންތިޒާމްތަށް ހަމަޖައްސައިދެއްވާނެކަމުގައި ވަނީ ވިދާޅުވިއެވެ. މިދަތުރުތަކުގެ އިތުރުން  ތާއިފްއަށްވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ފަރީމިސް ވިދާޅުވީ ހިރާފަރުބައަށް އަރަން ބޭނުން ފަރާތަކަށް އެފުރުސަތުވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.

ފަރީމިސް ވިދާޅުވީ ފަރީ ހައްޖު އެންޑް އުމްރާ ހަވާލުގައި ޑިސެމްބަރމަހު އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި މާލެއަންނާނީ 6ޖެނުއަރީ 2025 ވަނަދުވަހު ޑައިރެކްޓް ފްލައިޓްގައެވެ.

2025 ވަނަ އަހަރުގެ ޢުމްރާ ދަތުރުތަކުގެ އަގަކީ 28،990 ރުފިޔާއެވެ. ރަމަޟާން 30 ދުވަސް 6 ރޯދައާއެކު އަގަކީ 44،500.00 ރުފިޔާއެވެ. އަދި ރަމަޟާން 22 ދުވަސް 6 ރޯދާއާއެކު 42500.00 ރުފިޔާއެވެ. މިހާރުވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބަހާލައިގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށް ފަރީ ގްރޫޕުން ބުނެފައިވެއެވެ. އަދި ދަތުރުތަކުގައި ރަޖިސްޓްރީވުމަށް ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު ބައިވެރި ވެވޭނެއެވެ. އެގޮތުންގޫގޫލް ފޯމް ފުރާލައިގެން ރަޖިސްޓްރީ ވެވޭނެއެވެ. މި ފޯމްފޭސްބުކް ޕޭޖްއިން އަދި 9110909 އަށް ގުޅާލައިގެންވެސް ލިބޭނެއެވެ.

ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި

24 ޖުލައި 2024
އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއަރސްއާއެކު ރަަމަޟާން މަހުގެ ފަހު 15ގައި ޢުމްރާއަށް ދާ މީހުން މިއަދު ފުރަނީ

އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއަރސްއާއެކު ރަަމަޟާން މަހުގެ ފަހު 15ގައި ޢުމްރާއަށް ދާ މީހުން މިއަދު ފުރަނީ

23 މާރިޗު 2024
މި އަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް، ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފި

މި އަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް، ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފި

16 މާރިޗު 2024
ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި

ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި

21 ސެޕްޓެމްބަރު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު