Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔަޝްފާ ފުލުހަށް

"ކުށުގެ ތުހުމަތުގައި" ފުލުހަށް ހާޒިރުވާން އެންގި ޔަޝްފާ ހާޒިރު ނުކުރަން ނިންމައިފި

ހާޒިރުވުމަށް އެންގީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2024 | ހޯމަ 12:41
ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

"ކުށުގެ ތުހުމަތުގައި" ފުލުހަށް ހާޒިރުވާން އެންގި ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި "ތީ ބަހުލޫލެކޭ" ލަވަ ކީ ޔަޝްފާ ފުލުހަށް ހާޒިރު ވާން އަންގާ ޗިޓް ފޮނުވި ނަމަވެސް، މިހާރު އޭނާ ފުލުހަށް ހާޒިރު ނުކުރަން ނިންމާފައިވާ ކަމަށް، ޔަޝްފާގެ ވަކީލު ވިދާޅުވެފައި ވެއެވެ. ނަމަވެސް ހާޒިރު ނުކުރަން ނިންމި ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ފުލުހަށް ހާޒިރުވުމަށް އަންގާ، ޔަޝްފާ އަށް ހޯމަ ދުވަހު ޗިޓު ފޮނުވާފައި ވެއެވެ. ނަމަވެސް މިހާރު ފުލުހަށް ހާޒިރު ނުކުރަން ނިންމާފައިވާއިރު، އެކަމާ ގުޅިގެން މި ނޫހުން މީގެ ކުރިން، ކުރި ސުވާލަކަށް ޖަވާބު ދެމުން ރ. ދުވާފަރު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ ޔަޝްފާ ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހު ދަނޑިކޮށީ ޖަގަހައިގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ އޭނާ ފުލުހަށް ހާޒިރުވާން އެންގި އިރު، މަސް ދުވަސް ވެގެން ދިޔައިރު ވެސް އެ ބުނާ މައްސަލަ ބަލާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ހުށަހެޅި "ތީ ބަހުލޫލެކޭ" ލަވައާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން އެކަން މައްސަލަ އަކަށް ހެދީ ކަމުގައެވެ.

ޔަޝްފާ އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، "2024 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޗާންދަނީމަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގައި ކުރިއަށް ދިއަ ކައުންސިލަރުންގެ ހަރުގެ ޖަލްސާގައި، ރ. ދުވާފަރު، ދޮންވެލި، މަރިޔަމް ޔަޝްފާ ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކަވާގޮތަށް ޢަމަލުކުރުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާނެއް ނެގުމަށް" ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ކަމަށެވެ.

ދަނޑިކޮށީ ޖަގަހައިގައި، ވާހަކަ ފެއްޓުމުގެ ކުރިން ޔަޝްފާ ހުށަހެޅި ބަންޖަކީ، "އިމެއް ނެތޭ، މިނެއް ނެތޭ، ދިރެއް ނެތޭ، ބިރެއް ނެތޭ. ގޮތެއް ނެތޭ، ފޮތެއް ނެތޭ، ލަދެއް ނެތޭ، ހަޔާތް ނެތޭ" އެވެ.

ޖަގަހަ ޖަލްސާގެ ވާހަކަ ނިންމާލީ ރައިވަރަކުންނެވެ. އެ ރައިވަރަކީ، "ރައިވަރުން އަހަރެނާ، ފައިނުމާނޭ ހަމަ ހިލާ. އައި ކަމަކު ނިޔަތުގާ، އަނގަ ބެދޭނޭ ދޮގު ބެޔާ. ރައިވަރުން ވާދަކޮށްލަން އައި ސޮރާ، ދޮގު ހަދަން މޮޅު ހޮޅިގަނޑާ. ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ، ރައްޔިތުން ނިކުމެ ހަވަރަށް ދެމާ."

ޕޯޑިއަމް ތަކުގައި ވަރަށް ފޯރީގައި ވާހަކަ ދައްކާ ޔަޝްފާ އަކީ ވާހަކައިގެ ތެރޭގައި މީހުން ޝައުގުވެރިވާ ޒާތުގެ ޅެމާއި ބަނދި ހިމަނާ ފަރާތެއްކަން ވަނީ ފާހަގަ ކުރެވިއެވެ.

މަރިޔަމް ޔަޝްފާ މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު