Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑް ކަޕް

ދިއްދޫ ބަލިކޮށް، އޭދަފުށި ކުއާޓާ ފައިނަލަށް

މޮޅާއެކު އޭދަފުށިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ މެޗުން އެ ޓީމަށް ތިން ޕޮއިންޓު ލިބޭއިރު، ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2024 | އާދީއްތަ 04:57
އޭދަފުއްޓާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން

އޭދަފުއްޓާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ހއ.ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބ.އޭދަފުށިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ގުރޫޕު އެފްގައި އޭދަފުށިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކ.މާފުށި އަތުން ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ދިއްދޫ އިން ވަނީ މާފުށީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެންކަމުން އޭދަފުއްޓަށް އަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ލިބެން އޮތީ ފަހު މެޗުގައި ދިއްދޫ އަތުން ތިން ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ޙާފުގައި އޭދަފުށިން އެއް ލަނޑު ޖަހައި ކުރި ހޯދިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިގެން މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. މި ހާފުގެ ފަހު ވަގުތުގައި ދިއްދޫ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ އޭދަފުށިން ވަނީ 21 ވަނަ މިނެޓުގައި ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ނަސީމް އެވެ. ދެ ވަނަ ހާފުގައި އޭދަފުށީގެ ޖައުޝަން މުޙައްމަދު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އޭދަފުށީގެ ތިން ވަނަ ލަނޑު ޖެހީ މުޙައްމަދު ފާސިރު އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ވަނީ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ދިއްދޫގެ ހަމައެކަނި ލަނޑު ޖެހީ ޙުސެއިން ޒިމްޔާން އެވެ.

މޮޅާއެކު އޭދަފުށިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ މެޗުން އެ ޓީމަށް ތިން ޕޮއިންޓު ލިބޭއިރު، ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މާފުއްޓާއި، ތިން ވަނައިގައޮ ދިއްދޫ އަށް ލިބެނީ ވެސް ތިން ޕޮއިންޓެވެ. ލަނޑުގެ ގޮތުން ކުރި ހޯދައި ދެ ވަނައިގައި ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ މާފުއްޓެވެ.

ގޯލްޑް ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު