Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރިބަރ އެކްސްޕޯ 2024

ސައިބަރ ކްރައިމްގެ ޝިކާރައަކަށްވެ ބޮޑެތި ގެއްލުންތައް ކުރިމަތިވޭ، މިކަމަށް މުޖުތަމައު ހޭލުންތެރިވާންޖެހޭ: ކޮމިޝަނަރ ޝުޖާއު

13 ޑިސެމްބަރު 2024 | ހުކުރު 09:08

ސަރުކާރުގެ ވުޒާރާތަކާއި ތައުލީމާއި ތަރުބިއްޔަތު ދޭ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޑިސެމްބަރު 2024 | ހުކުރު 09:08
ސައިބަރ އެކްސްޕޯ 2024 ގައި ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ

ސައިބަރ އެކްސްޕޯ 2024 ގައި ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ

ސައިބަރ ކްރައިމްގެ ޝިކާރައަކަށްވެ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށާއި، މިކަމަށް މުޖުތަމައު ހޭލުންތެރިވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމު ގޮތުން ބާއްވާ ސައިބަރ އެކްސްޕޯ 2024 ގައި ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޝުޖާއު ވިދާޅުވީ ސައިބަރ ކްރައިމްގެ ޝިކާރައަކަށްވެ، އަގުބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި، ޑޭޓާތައް ގެއްލި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭ ހާލަތު މެދުވެރިވާ ކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަން ހުއްޓުވުމަށް އެންމެން ގުޅިގެން އެކުގައި ގިނަ މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރ ޝުޖާއު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތަކާއި އެކި ޖަމްއިއްޔާތަކާއި ތައުލީމާއި ތަރުބިއްޔަތު ދޭ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުންގެ އަމާޒަކަށް ވާންވީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އައު ފަންނުވެރިން ތައާރަފްކޮށް، މިދާއިރާއަށް ލޯބިޖެއްސުން ކަމަށް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި މޯލްޑިވްސް ވިމެން އިންޓެކް އާއި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން އެސްކޫލުގެ ފަސް ދަރިވަރަކު ތައްޔާރުކޮށްފައިވާ ރޮބަޓްކަމުގައިވާ “ރިހި ކަކުނި” ދައްކާލާފައެވެ.  

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމްކޮށްގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނޭޝަނަލް ސައިބަަރ ސެކިއުރިޓީ އޭޖެންސީ ގުޅިގެން ބާއްވާ މި އެކްސްޕޯގެ ކުރިއަށް ގެންދަނީ ގިނަ ފަރާތްތަކެއް އެހީތެރިކަމާއެކު އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި ވުޒާރާތަކުގެ އިިސްވެރިން ބައިވެރިވެލެއްވިއެވެ. 

ސައިބަރ އެކްސްޕޯ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 މެއި 2017

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

30 މެއި 2017
ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް