Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

އޭދަފުށީގެ ކީޕަރު އެއް އަހަރަށް ސަސްޕެންޑުކޮށް މާފުށި ޖޫރިމަނާ ކޮށްފި

11 ޑިސެމްބަރު 2024 | ބުދަ 19:31

މުބާރާތް އިންތިޒާމު ކުރާ ފަރާތުން އޭދަފުށީ ޓީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މެޗުގެ އިތުރު ވަގުތުގައި އަމްޖަދު ކޮށްފައިވާ ފައުލަކީ "ވައިލެންޓް ކޮންޑަންޓް" އަކަށްވާ ކަމަށެވެ. އެފަދަ ކުށެއް ދެ ވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އަމްޖަދު އަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2024 | ބުދަ 19:31
މެޗުގެ އިތުރު ވަގުތުގައި އޭދަފުށީގެ ކީޕަރު އަމްޖަދު މާފުށީ ކުޅުންތެރިޔަކަށް ކުރި ފައުލް

މެޗުގެ އިތުރު ވަގުތުގައި އޭދަފުށީގެ ކީޕަރު އަމްޖަދު މާފުށީ ކުޅުންތެރިޔަކަށް ކުރި ފައުލް

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ބ.އޭދަފުށިގެ ގޯލު ކީޕަރު އަޖުފާން އަމްޖަދު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށް، ކ.މާފުށި ޓީމު ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

އޭދަފުއްޓާއި މާފުށި ބައްދަލު ކުރި މެޗުގައި އަމްޖަދު ވަނީ މާފުށީގެ ކުޅުންތެރިޔަކަށް ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. އެ ފައުލާ ގުޅިގެން މެޗުގައި އޭނާ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ވެސް ދައްކައިފަ އެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން އޭދަފުށީ ޓީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މެޗުގެ އިތުރު ވަގުތުގައި އަމްޖަދު ކޮށްފައިވާ ފައުލަކީ "ވައިލެންޓް ކޮންޑަންޓް" އަކަށްވާ ކަމަށެވެ. އެފަދަ ކުށެއް ދެ ވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އަމްޖަދު އަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން އަމްޖަދު ކޮށްފައިވާ ކުށަށް، ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން އިންތިޒާމުކޮށެގެން ރާވާ ހިންގާ އެއްވެސް ފުޓުބޯޅަ މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އޭނާ ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފަ އެވެ. އަދި 5،000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް ނިންމާފައިވެ އެވެ.

މީގެ އިތުރުން މާފުށީގެ ކުޅުންތެރިޔަކަށް އަމްޖަދު ފައުލް ކުރި ވަގުތު އެ ޓީމުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު، ދަނޑުގައި ސެކިއުރިޓީ ފެންސް ވައްޓާލުމަށްފަހު ދަނޑަށް އެރި މައްސަލައިގައި މާފުށި ޓީމު ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެކަމުގެ އަދަބެއްގެ ގޮތުން މާފުށި ޓީމު 3،000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައި، ދެން އެ ޓީމު ކުޅެން ޖެހޭ މެޗުގެ ކުރިން އެ ފައިސާ ދެއްކުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި އެ ފަދަ ކުށެއް ތަކުރާރު ވެއްޖެ ނަމަ، ޖޫރިމަނާ ކުރެވޭ އަދަދު ބޮޑު ވާނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ގޯލްޑް ކަޕް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
18 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ

18 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ
17 ޑިސެމްބަރު 2024

މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް

17 ޑިސެމްބަރު 2024
މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް
16 ޑިސެމްބަރު 2024

އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ

16 ޑިސެމްބަރު 2024
އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ
16 ޑިސެމްބަރު 2024

މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި

16 ޑިސެމްބަރު 2024
މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް