Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ތިމަރަފުށި ބަލިކޮށް، ގުރައިދޫ ކުއާޓާ ފައިނަލަށް

12 ޑިސެމްބަރު 2024 | ބުރާސްފަތި 06:35

ދެ ވަނަ ބުރުގައި ބާކީ އެއް މެޗު އޮއްވާ ގުރައިދޫ އިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދިއިރު، އެ ޓީމު އޮތީ ގުރޫޕު އީގެ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2024 | ބުރާސްފަތި 06:35
މެޗުގައި ލަނޑު ޖެހުމަށްފަހު ގުރައިދޫގެ ބިދޭސީ ކުޅުންތެރިޔާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ގުރައިދޫގެ ބިދޭސީ ކުޅުންތެރިޔާ އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ތ.ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކ.ގުރައިދޫ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރިއިރު، ތިމަރަފުށި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފުވައްމުލައް ސިޓީއާ އެއްވަރުވެފަ އެވެ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗަކީ ދެ ވަނަ ބުރުގައި ގުރައިދޫ އިން ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ވެސް ގުރައިދޫ އިންނެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ގުރައިދޫ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ގުރައިދޫ އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޙުމަދު އިބްރާހީމް އައްބާސް އެވެ. އޭނާ އެ ލަނޑު ޖެހީ ގުރައިދޫގެ އަޙުމަދު ރިޝްފާން ތަނަވަސްކޮށްދިން ފުރުސަތެއްްގައި ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތު ގުރައިދޫ އަށް ލިބުނުއިރު، ތިމަރަފުއްޓަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ.

ދެ ވަނަ ބުރުގައި ބާކީ އެއް މެޗު އޮއްވާ ގުރައިދޫ އިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދިއިރު، އެ ޓީމު އޮތީ ގުރޫޕު އީގެ އެއް ވަނައިގަ އެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ގުރައިދޫ ނިކުންނާނީ ފުވައްމުލަކާ ދެކޮޅަށެވެ.

ގޯލްޑް ކަޕް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
19 ޑިސެމްބަރު 2024

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް

19 ޑިސެމްބަރު 2024
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް
18 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ

18 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ބުދަ ދުވަހު ފަށަނީ
17 ޑިސެމްބަރު 2024

މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް

17 ޑިސެމްބަރު 2024
މާލޭ ސިޓީ ބަލިކޮށް، އެއް ވަނައިގައި އަލިފުށި ކުއާޓާ ފައިނަލަށް
16 ޑިސެމްބަރު 2024

އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ

16 ޑިސެމްބަރު 2024
އައްޑޫ ކުއާޓަރ އަށް، ތަފާތު ދެއްކީ އިއްބެ
16 ޑިސެމްބަރު 2024

މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި

16 ޑިސެމްބަރު 2024
މާލެ އާއި އަލިފުށި ކުޅޭ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅެން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް