Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ހޫނުވެ، އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލެއިން ހައިވޭއަށް 4 ފުރޮޅުލީ ވެހިކަލްތަކަށް ނޭރޭ ގޮތަށް މުޅި ސަރަހައްދުގައި ކާރުތައް ޕާކު ކުރުމަށްފަހު ޑްރައިވަރުން ވަނީ އަޑު އުފުލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 16:46
ޓެކްސީ ޑްރައިވަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ޓެކްސީ ޑްރައިވަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ބުދަ ދުވަހުގެ ހަވީރު ޓެކްސީ ޑްރައިވަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާ ކަމަށްބުނެ ސުލްހަވެރި މުޒާހަރާއަށް ނުކުމެފައެވެ. ހުޅުމާލެ ރުށްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ޑްރައިވަރުންތައް ބުދަ ދުވަހުގެ ހަވީރު 4:00 ގައި މި ސަރަހައްދަށް އެއްވި ނަމަވެސް ފުލުހުން ވަނީ ފުރަތަމަ ހުރަސްއަޅާފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އެއްވެ، މަގުމަތި ޓްރެފިކް ވުމާއެކު، ޕާކުގެ އެތެރެއަށް ކާރުތައް ވެއްދުމަށް ހުއްދަ ދިނެވެ.

އޭގެފަހުން ބުދަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ޓެކްސީ ޑްރައިވަރުންތައް ވަނީ މަގުމައްޗަށް އަޑު އުފުލުމަށް ނުކުމެފައެވެ.

އެގޮތުން ހުޅުމާލެއިން ހައިވޭއަށް އަރާ ލޭން ބަންދުވާ ގޮތަށް ޓެކްސީތަކުގައި ޑްރައިވަރުންތައް އެސަރަހައްދަށް އެއްވިއެވެ. ހައިވޭއަށް 4 ފުރޮޅުލީ ވެހިކަލްތަކަށް ނޭރޭ ގޮތަށް މުޅި ސަރަހައްދުގައި ކާރުތައް ޕާކު ކުރުމަށްފަހު ޑްރައިވަރުން ވަނީ އަޑު އުފުލާފައެވެ. ބުދަ ދުވަހުގެ ރޭ 8:45 ހާއިރު އެސަރަހައްދު ޑްރައިވަރުންތައް ބަންދުކޮށްލުމާއި ގުޅިގެން 9:00 ހާއިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ގޮސް، މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި ޕާކުކޮށްގެން ތިބި ޓެކްސީތަކުގެ މީހުންނާއި ސުވާލުކޮށް އެސަރަހައްދުން ފޮނުވާލާފައިވެއެވެ.

ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދު ވަރަށް ބޮޑަށް ޓްރެފިކްވެ، އާއްމުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެސަރަހައްދު އާއްމު ހާލަތަށް ގެނެސްފައިވަނީ ބުދަ ދުވަހުގެ ރޭ 9:18 ހާއިރެވެ.

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މުޒާހަރާގެ ބައިވެރިން ބުނި ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މުޒާހަރާގައި ބައިވެރިވި ޑްރައިވަރުން ބުނެފައިވަނީ ސަރުކާރަށް ކަންބޮޑުވުންތައް އިއްވާނެ ކަމަށާއި، މައްސަލަތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މުޒާހަރާމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު