Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

އަލިފުށިން ކުރެންދޫ ބަލިކޮށްފި

މެޗުން މޮޅުވެ އަލިފުށިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފަ އެވެ. އަލިފުއްޓާއި ކުރެންދޫގެ އިތުރުން، ދެން މި ގުރޫޕުގައި އޮތީ މާލޭ ސިޓީ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2024 | ބުދަ 05:08
މެޗުގައި ލަނޑު ޖެހުމަށްފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ޅ.ކުރެންދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ރ.އަލިފުށިން ދެ ވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ގުރޫޕު އެޗުގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އަލިފުށިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އަލިފުށިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި އަލިފުށި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ކުރެންދޫ އިން ވަނީ އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. އަނެއް މެޗު އެއްވަރުވީއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އަލިފުށިން ވަނީ ކުރެންދޫ ކޮޅަށް ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަަމަވެސް ކުރެންދޫގެ ގޯލު ކީޕަރަކަށް ހުރި ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ ވަނީ އަލިފުށިން ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ. މެޗުގައި ލަނޑު ޖެހުމަށް އަލިފުށިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 63 ވަނަ މިނެޓުގަ އެވެ. ޙުސެއިން ނިހާން (ނިހާޓް) ތަނަވަސްކޮށްދިން ބޯޅައެއްގައި އަލިފުއްޓަށް އެ ލަނޑު ޖަހައިދިނީ އަޙުމަދު ހުޝާމް އެވެ.

މެޗުން މޮޅުވެ އަލިފުށިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފަ އެވެ. އަލިފުއްޓާއި ކުރެންދޫގެ އިތުރުން، ދެން މި ގުރޫޕުގައި އޮތީ މާލޭ ސިޓީ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު