Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

މީދޫ އިން އައްޑޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

މެޗުގައި އައްޑޫ އިން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ވެސް ހޯދައިފަ އެވެ. ނަމަަވެސް މީދޫ އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2024 | ބުދަ 05:03
މެޗުގައި ލަނޑު ޖެހުމަށްފަހު މީދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މީދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި އައްޑޫ ސިޓީ އާއި ދ.މީދޫ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގުރޫޕު ޖީ ގައި އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި އައްޑޫ އިން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ވެސް ހޯދައިފަ އެވެ. ނަމަަވެސް މީދޫ އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އައްޑޫ އިންނެވެ. އެ ލަނޑު އައްޑޫ އަށް ޖަހައިދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އައްްޑޫ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އައްޑޫ އަށް ޖަހައިދިނީ އިސްމާއީލް އީސަ (މެސީ) އެވެ.

މެޗުގައި މީދޫގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން އިބްރާހިމް އިމްރާން (އިންމި) ޖެހި ލަނޑެކެވެ. ފުރަތަމަ ލަނޑު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި އިންމި ވަނީ ދެ ވަނަ ލަނޑެއް ޖަހައި މީދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އައްޑޫ އިން މެޗުގައި ލީޑު ނެގީ އަލީ ނާފިޢު ޖެހި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގައި މީދޫ އަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލަށް ވައްދާލައިގެން އިންމި ނަތީޖާ ހަމަހަމަ ކުރިއިރު، އެ ލަނޑާ އެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ވެސް ހަމަކޮށްފަ އެވެ.

އައްޑޫ އާއި މީދޫގެ އިތުރުން ދެން މި ގުރޫޕުގައި އޮތް އަނެއް ޓީމަކީ ޅ.ނައިފަރެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު