Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާޒްގެ ވާހަކަތައް

ފައްޔާޒްގެ ވާހަކަތަކުން ޓެރަރިޒަމް އަށް މަގުފަހިވާކަމަށް ފާހަގަކޮށް އެ މައްސަލަ ބަަލަން އަބްދުއްރަހީމް ގޮވާލައްވައިފި

ރައްޔިތުންނަށް އަނިޔާވެރި ވާނަމަ ދިވެހިން އަމަލު ކުރާނީ ދިވެހި ތާރީހުގެ ފޮތްތަކުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ޑިސެމްބަރު 2024 | އަންގާރަ 08:14
އަބްދުއްރަހީމް އަބްދުﷲ ކުރިން ބޭއްވި އެއްވުމެއްގެ ބައިވެރިންނާއި އެއްކޮށް އިށީނދެލައިގެން

އަބްދުއްރަހީމް އަބްދުﷲ ކުރިން ބޭއްވި އެއްވުމެއްގެ ބައިވެރިންނާއި އެއްކޮށް އިށީނދެލައިގެން

އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް އަދި ޓެރަރިޒަމް އަށް މަގުފަހިވާގޮތަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަދައްވާފައިވާ ކަމަށާއި އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް އަނިޔާވެރި ވާނަމަ ދިވެހިން އަމަލު ކުރާނީ ދިވެހި ތާރީހުގެ ފޮތްތަކުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ޤާނޫނުއަސާސީގެ ދިފާއުގައި ކުރިއަށްގެންދިޔަ ޖަލްސާ އެއްގައި ރައީސަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކާއި ގުޅިގެން އީސީ އިން އެ ޕާޓީ އަށް ސިޓީ އެއް ފޮނުވާފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީ އަކީ އަނިޔާވެރިކަަމަށް ހިތްވަރުދޭ ޕާޓީ އެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދާނެ ކަމަށާއި އަނިޔާވެރިވާ ނަަމަ ދިވެހިން އަމަލުކުރާނީ ދިވެހިންގެ ތާރީހުގެ ފޮތްތަކުން ކަމަށާއި އެއީ މާ ހެޔޮ (ކައިންޑް) ތާރީހެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ މުވައްސަސާތަކުން ބަލަން ޖެހޭ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މިލަންދޫ ދާއިރާގެ ސަރުކާރުގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްޤާދިރެވެ.

އެ ކުއްލި މައްސަަލައިގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަކީ، ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ނިމޭނެ ހާލަތު ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށް ފައްޔާޒް ވިދާލޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދިނުން ކަމަށް އެ ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. ހަމައެހެންމެ އެމްޑީޕީން އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ ކަމަށާއި ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިއަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

އަބްދުއްރަހީމް އަބްދުﷲއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

15 ނޮވެމްބަރު 2025
މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!
06 ނޮވެމްބަރު 2025

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

06 ނޮވެމްބަރު 2025
ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
19 މާރިޗު 2025

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
03 ފެބުރުއަރީ 2025

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
01 ފެބުރުއަރީ 2025

އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް

01 ފެބުރުއަރީ 2025
އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް
31 ޖެނުއަރީ 2025

މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް

31 ޖެނުއަރީ 2025
މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު