Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ތިމަރަފުށިން ފުވައްމުލައް ހުއްޓުވައިފި

މި މެޗާ ކުރިމަތިލީއިރު، ފުވައްމުލައް ސިޓީން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2024 | އަންގާރަ 03:32
ފުވައްމުލައް ސިޓީ އާއި ތިމަރަފުށި ކުޅުނު މެޗުގެ ތެރެއިން

ފުވައްމުލައް ސިޓީ އާއި ތިމަރަފުށި ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ތ.ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުން ފުވައްމުލައް ސިޓީ އެއްވަރުވެއްޖެ އެވެ.

ގުރޫޕު އީގައި ގަލޮޅު ރަސްމީ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މި މެޗާ ކުރިމަތިލީއިރު، ފުވައްމުލައް ސިޓީން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. ފުރިހަމަ ރެކޯޑާއެކު އޮތް ފުވައްމުލައް ވަނީ ތިމަރަފުއްޓާ އެއްވަރުވެ، މޮޅުވުމުގެ ސިލްސިލާ އަށް ހުއްޓުމެއް އައިސްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެެސް ތިމަރަފުށިންނެވެ. ނަމަވެސް ފުވައްލުމައް ސިޓީން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ތިމަރަފުއްޓަށް ލީޑު ނަގައިދިނީ އިލްމާން އަޙުމަދު މޫސާ އެވެ. އޭނާ އެ ލަނޑު ޖެހީ އާދަމް ނާސިހު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ފުވައްމުލައް ސިޓީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފުވައްމުލައް ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވޫސޫ އެވެ. ފުވައްމުލައްގެ ކުޅުންތެރިޔަކު ޖައްސާލި ބޯޅަ ހިފައިގެން ތިމަރަފުށީގެ އޭރިޔާ ތެރެއަށް ވަދެ ކޯފީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ފުވައްމުލައް އެއްވަރުވެފައިވާއިރު، މި ގުރޫޕުގައި ދެން އޮތީ ތ.ގުރައިދޫ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު