Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދަމަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް

ރޯދަމަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަން އިއުލާން ކުރި ނަމަވެސް ރައްޔިތުން މާޔޫސްކަމުގައި!

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ބޭނުންނުކުރާ މިންވަރަށް ކަރަންޓާއި، ފެން ބިލު ބޮޑުވާ މައްސަލައެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓް ދީފައެވެ. ނަމަވެސް ފުރަތަމަ ބިލު އައިރު ކަރަންޓު ބިލާއި، ފެން ބިލް އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. އޭރު ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކަރަންޓު ބިލާއި، ފެން ބިލު ރޯދަމަހު އެއް ހަމައެއްގައި ހިފެހެއްޓުމަށް ބިލް "ކެޕް" ކުރައްވާނެ ކަމަށެވެ. ނަމަވެސް ކަންކަން ހިނގާދިޔައީ ދިމާ އިދިކޮޅަށެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 09:49
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން

ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ވޯޓުލައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވީ ފޮނި އުންމީދާ އެކުއެވެ. ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅުވެ، އާމްދަނީ އިތުރުވެ، އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި އަގުހެޔޮވާނެ ކަަމަށް އުންމީދު ކޮށްގެންނެވެ. އަދި ރައްޔިތުންނަށް ލިބެމުންދިޔަ އަސާސީ ޚިދުމަތްތައް ލިބުމުގައި އެތައް ގުނައަކުން ފަސޭހަވެ، ހަރުދަނާ ޚިދުމަތްތަކެއް ލިބޭނެ ކަމަށް ގަބޫލުކުރި ރައްޔިތުން ގިނަވާނެ ކަމާމެދު ވެސް ޝައްކަތްނެތެވެ.

ނަމަވެސް ސަރުކާރަށް އަހަރު ވެގެން ދިޔައިރު، ގިނަ ރައްޔިތުން ތިބީ ނާއުންމީދު ވެފައެވެ. ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބުމުގައި، އެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުން މިއަދު ވަނީ ތަކުލީފުތައް އުފުލަންޖެހިފައެވެ. ޖީބަށްބަރުވެ، މީގެ ކުރިން ހިލޭ ލިބުނު ބޭހަށް މިއަދު ފައިސާ ދައްކަންޖެހޭ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ. އާސަންދަ ޚިދުމަތަށް އެއްވެސް ރުފިޔާއެއް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް ފީ ދައްކާފައިވާ ގިނަ ސްލިޕްތަކާއެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

މިމައްސަލަތަކުގެ އިތުރުން ދެން މިއަހަރުގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައިވަނީ ބޭނުންނުކުރާ މިންވަރަށް ކަރަންޓާއި، ފެން ބިލު ބޮޑުވާ މައްސަލައެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓް ދީފައެވެ. ނަމަވެސް ފުރަތަމަ ބިލު އައިރު ކަރަންޓު ބިލާއި، ފެން ބިލް އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ. އޭރު ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކަރަންޓު ބިލާއި، ފެން ބިލު ރޯދަމަހު އެއް ހަމައެއްގައި ހިފެހެއްޓުމަށް ބިލް "ކެޕް" ކުރައްވާނެ ކަމަށެވެ. ނަމަވެސް ކަންކަން ހިނގާދިޔައީ ދިމާ އިދިކޮޅަށެވެ. ބައެއް ގޭބިސީތަކުގައި ރޯދަ މަހުގެ ބިލު ކުޑަވުމަށްފަހު ޖެހިގެން އައިމަހު ކަރަންޓު ފީ އަދި ފެން ބިލު ދެ ގުނަ ބޮޑުވެފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި މިއީ ސަރުކާރު މެދުވެރިވެގެން ރައްޔިތުން ނިކަމެތި ކުރުމަށް ކުންފުނިތަކުން ކުރާ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

މިމައްސަލަ އިންތިހާއަށް ބޮޑުވުމާއި ގުޅިގެން 03 އޯގަސްޓް 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައިވަނީ މާލެސިޓީގެ 21 ޕަސެންޓު ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލުނުކުރެވޭ ވަރަށް ބޮޑުވެފައިވާ ކަމަށާއި، ހަކަތާގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އާއިރުވެސް، މިކަމުގެ އިތުރު މައުލޫމާތެއް ލިބިފައެއްނުވެއެވެ. އެހެންކަމުން ބިލު ކުރުމުގައި މައްސަލަތަކެއް އުޅޭކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

މައްސަލަ މިހިސާބުގައި އޮތްއިރު އަނެއްކާ ވެސް ރައީސް މުއިއްޒު މިވަނީ 8 ޑިސެންބަރުގައި މަތިވެރިއަށް ވަޑައިގަންނަވައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައި، އެކަން އިއުލާން ކުރައްވާފައެވެ. އެއީ މިދިޔަ އަހަރު ވެސް ރައްޔިތުންނަށް ލިބުނު ލުޔެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް ހިލޭ މަސް ދަޅު ކޭހެއް ލިބޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މިދިޔަ ރޯދަމަހު ވެސް ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ދޫކޮށްފައިވެއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު ބައެއް ރައްޔިތުން ތިބީ މިއަދު އުފާވާން ނޭނގިފައެވެ. އެއީ މިދިޔަ ރޯދަ މަހުގެ ބިލު ކުޑަވުމަށްފަހު މިއަހަރުގެ ގިނަ މަސްތަކުގައި ލިބުނު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީއެވެ. ޝަކުވާ އިންތިހާއަށް ކުރި ނަމަވެސް މިމައްސަލައަށް ހައްލެއް ލިބިފައެއްނުވެއެވެ. ހަގީގަތުގައި ވެސް ކަރަންޓު ބިލާއި، ފެން ބިލު ކުޑަވެ، އާއްމުކޮށް ރައްޔިތުން ކެއުން ބުއިމަށް ބޭނުންކުރާ ބާވަތްތައް އަގުހެޔޮވެއްޖެ ކަމަށްވާނަމަ ރައްޔިތުންގެ ދިރިއުޅުން ފަސޭހަވެ، ތިޔާގިވާނެއެވެ. ރައްޔިތުން އުފާ ވެސް ވާނެއެވެ. ނަމަވެސް އެއާ ހިލާފަށް ރޯދަމަހުގެ ބިލު ކުޑަވުމަށްފަހު އަހަރުގެ އެހެން މަސްތަކުގައި އަންނަ ބިލުތައް އެތައް ގުނައަކުން ބޮޑުވެ، ކާބޯތަކެތި އަގުބޮޑުވެގެންދާނަމަ ރައްޔިތުންގެ ދިރިއުޅުން ބިކަވެ ހަނާވުން ނޫން ކަމެއް ނުވާނެއެވެ.

ކަރަންޓް ފެން ބިލް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުސްޓެލްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު