ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 12:38
ކެޔޮދޫއިން ފެނުނު ފިސްތޯލަ
ކެޔޮދޫއިން ފެނުނު ފިސްތޯލަ
ފޭސްބުކް
ކެޔޮދޫ އިން ފެނުނު ފިސްތޯލަ
ކެޔޮދޫ އިން ފެނުނު ފިސްތޯލައިގެ ތަހުގީގު އަދި ނުނިމޭ!
މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ
ކެޔޮދޫ އިން ފިސްތޯލަ ފެނިފައިވަނީ މިއަހަރުގެ ޖޫން 30 ގައި
ފިސްތޯލަ ފެނުނީ ރަށުގެ ކުދި ބަޔަކަށް

މިއަހަރުގެ ޖޫން 30 ވަނަ ދުވަހު ވ. ކެޔޮދޫ އިން ފެނުނު ފިސްތޯލައާ ގުޅޭ މައްސަލަ އަދިވެސް ބަލާ ނުނިމޭ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެއީ ސިފައިންގެ  ހަތިޔާރު ގުދަނުން ގެއްލުނު ފިސްތޯލައެއްތޯ ވެސް ފުލުހުން ނުބުނެއެވެ. 

މިހާދިސާއާ ގުޅިގެން ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 30 ވީ ހުކުރު ދުވަހުގެ ހެނދުނު 11:30 ހާއިރު އެވެ.

ކެޔޮދޫ ބަނދަރު ސަރަހައްދުން ފިސްތޯލަ އެންމެ ފުރަތަމަ ފެނިފައި ވަނީ، އުމުރުން ގާތްގަނޑަކަށް 10 އަހަރުގެ ކުދި ބަޔަކަށެވެ. އެކުދިންނަށް ފިސްތޯލަ ފެނުނު އިރު، ފިސްތޯލަ އޮތީ ހުދުކޮތަޅެއްގަ އެވެ. ކޮތަޅަށް ލާފަ އޮތް އިރު ވެސް ކޮތަޅުގެ ބޭރުންވެސް އެއީ ފިސްތޯލައެއްކަން އެނގޭ ކަމަށް ރަށުން ފިސްތޯލަ ފެނުނު މީހަކު ބުނެފައި ވެއެވެ.

ކުދި ބަޔަކަށް ފިސްތޯލަ ފުރަތަމަ ފެނުމުން، އެމީހުންނަށް ވުރެ އުމުރުން ތަންކޮޅެއް ދޮށީ ދެ ކުއްޖަކަށް ދެއްކި ކަމަށާއި އެދެކުދިން ވެގެން ފިސްތޯލަ އޮޅާފައި އޮތް ކޮތަޅު ނެގި އިރު ކަޅު ކުލައިގެ ފިސްތޯލައެއް ވަނީ ފެނިފަ އެވެ.

އެ ފިސްތޯލައަކީ އާންމުކޮށް ކުޅެންގެން ގުޅޭ ފިސްތޯލަތަކަށް ވުރެ ބަރު އެއްޗެއް ކަމުން، ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ރެސްޓޯރެންޓްގެ ތެރޭގައި ތިބި ބަޔަކަށް ދެއްކި ކަމަށް އެރަށުގެ މީހަކު ވަނީ ކިޔައިދީފަ އެވެ. އަދި އޭގެ ފަހުން މިކަން ކައުންސިލްގެ ސަމާލު ކަމަށް ގެނެސް ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް މައުލޫމަތު ލިބެ އެވެ. އެއީ އަސްލު ފިސްތޯލައެއްކަން ކަށަވަރުކޮށްދިނީ އެ ރަށުގައި ޗުއްޓީ އަށް ގޮސް ހުރި ސިފައިންގެ މީހަކު ކަމަށް މައުލޫމަތު ލިބިފައި ވެއެވެ.

ކެޔޮދޫއިން ފިސްތޯލައެއް ފެނުނު ނަމަވެސް އޭގައި ވަޒަނެެތް ނެތެވެ.

މީގެ ކުރިން ބ. ހިބަޅިދޫއިން ވެސް ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ގްރެނެއިޑާއި ރައިފަލްގެ ބައިތަކުގެ އިތުރުން ނުރައްކާތެރި އިތުރު ހަތިޔާރުތައް ވަނީ ފެނިފަ އެވެ. އެތަކެއްޗަކީ ސިފައިންގެ ބަނޑިގުދަނުގެ ތަކެތި ކަމަށް އޭރު ވަނީ ހާމަކޮށްފަ އެވެ.

ކެޔޮދޫއިން ފެނިފައިވާ ފިސްތޯލައަކީ ވެސް ސިފައިންގެ ބަނޑިގުދަނުގައި ގެންގުޅޭ ފަދަ ފިސްތޯލަތަކާ ވައްތަރު ފިސްތޯލައެއް ކަަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހިބަޅިދޫ އިން ފެނުނު ހަތިޔާރު ނަގާފައިވަނީ އެރަށަށް ވަންނަ ނެރާއި ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ދަބަހެއްގެ ތެރޭގައި ހުއްޓަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް