Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓަރ ތީމް ޕާކުގެ މަސައްކަތް

ވޯޓާރ ތީމް ޕާކުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފަށާނަން: ފަޒުލް

4 ޑިސެމްބަރު 2024 | ބުދަ 14:05

ޑިޒައިން ކުރުމުގެ މަސައްކަތްތައް ލަންކާގެ ކުންފުންޏަކާއެކު ސޮއިކުރެވި މަސައްކަތްތައް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޑިސެމްބަރު 2024 | ބުދަ 14:05
ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަދައްކަވަނީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަދައްކަވަނީ

ހުޅުމާލޭގައި ގާއިމްކުރާ ވޯޓަރ ތީމް ޕާކުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި ފަޒުލް ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ ވޯޓަރ ތީމް ޕާކުގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި، ހުޅުމާލޭގެ ބޮޑު ސަރަހައްދެއްގެ ބޭނުން ނުކުރެވި އޮތް ކަމަށެވެ.

Advertisement - newsAdvertisement

އެސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ ވޯޓަރ ތީމް ޕާކާއެކު، ކުޑަ ކުދިން ކުޅޭ ގޯކާޓް ފެސިލިޓީ، ރޭސިން ޓްރެކް އަދި އެހެނިހެން ވަސީލަތްތައް އެތަނުގައި ގާއިމްކުރާނެ ކަމަށެވެ. އަދި އެސަރަހައްދު ހިއްކާނެ ކަމަށެވެ.

އެގޮތުން ޕްލޭން އެކުލަވާލެވި، ޑިޒައިން ކުރުމުގެ މަސައްކަތްތައް ލަންކާގެ ކުންފުންޏަކާއެކު ސޮއިކުރެވި މަސައްކަތްތައް ކުރިއަށްދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ނަމަވެސް އެކުންފުނީގެ ނަމެއް ހިއްސާކޮށްފައިނުވެއެވެ.

ފަޒުލް ވިދާޅުވީ ވޯޓަރ ޕާކު ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުންޏާއެކު އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އެޗްޑީސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެކުންފުނިން ވެސް އިންވެސްޓް ކުރި ފައިސާ ހޯދުމަށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލު ކުރާނީ ކޯޓު މެދުވެރިކޮށް ކަމަށެވެ.

އެއްގަމާއި މޫދުގައި ފެނުގައި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ މި ޕާކަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ވޯޓާ ތީމް ޕާކުގެ މަސައްކަތް ސަރުކާރުން އޭރު ހަވާލުކުރީ މެލޭޝިޔާގެ މިރި ހައުސިންގ ޑިވެލޮޕްމަންޓް ކުންފުންޏާއެވެ. ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިނަމަވެސް، އެންމެ އެދެވޭގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ވޯޓާ ތީމް ޕާކު އެޗްޑީސީއިބްރާހީމް ފަޒުލް ރަޝީދު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު

23 ޑިސެމްބަރު 2025
ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
19 ޑިސެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި
15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް