Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ކަޕް

ލެވަކޫސަން އަތުން ބަލިވެ، ޖަރުމަނު ކަޕުން ބަޔާން ކަޓައިފި

މި ސީޒަންގެ ޖަރުމަނު ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބަޔާން އަކީ، ޖަރުމަނު ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 06:04
ބަޔާން އާއި ލެވަކޫސަން ބައްދަލު ކުރި މެޗުގައި ބަޔާންގެ ނޯޔާ އަށް ރަތް ކާޑު ދައްކަނީ

ބަޔާން އާއި ލެވަކޫސަން ބައްދަލު ކުރި މެޗުގައި ބަޔާންގެ ނޯޔާ އަށް ރަތް ކާޑު ދައްކަނީ

ޖަރުމަނު ކަޕްގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބަޔާން މިއުނިކް މުބާރާތުން ކަޓައިފި އެވެ.

ބަޔާން އަމިއްލަ ދަނޑު، އަލިއާންޒް އެރީނާގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލެވަކޫސަން އިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ބަޔާނަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗު ފަށައިގެން އެންމެ 17 މިނެޓުގެ ތެރޭގައި އެ ޓީމުގެ ގޯލު ކީޕަރު، ޖަރުމަނުގެ މެނުއަލް ނޯޔާ އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއީ ބަޔާންގެ އޭރިޔާ ބޭރުން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. މިއީ ނޯޔާގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ބަޔާންގެ ކޮޅަށް ލެވަކޫސަން އިން ލަނޑު ޖަހާފައި ވަނީ 69 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ނެތަން ޓެލާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސް ގްރިމާލްޑޯ އެވެ.

މި ސީޒަންގެ ޖަރުމަނު ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބަޔާން އަކީ، ޖަރުމަނު ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. ބަޔާނުން ވަނީ 20 ފަހަރު ޖަރުމަނު ކަޕް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގެ މައްޗަށް ކުރި ހޯދި އެންމެ ފަހުގެ ޗެމްޕިއަން ލެވަކޫސަން އިން ވަނީ ދެ ފަހަރު ޖަރުމަނު ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޖަރުމަން ކަޕްބަޔާން މިއުނިކްބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު