Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޓަޔަމަންޓް އެލަވަންސް މައްސަލަ

ރިޓަޔަމަންޓް އެލަވަންސްގެ މައްސަލަ: ރައީސް މުއިއްޒާ މަޝްވަރާ ކުރެއްވިތޯ ކުރެއްވި ސުވާލަށް މިނިސްޓަރު ޒަމީރު ޖަވާބެއް ނުދެއްވި

3 ޑިސެމްބަރު 2024 | އަންގާރަ 09:57

ރިޓަޔަމަންޓް އެލަވަންސް ނުދޭން ނިންމާ ފަހުން އެ ނިންމުން ބާތިލްކުރީ 1 ޑިސެމްބަރުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2024 | އަންގާރަ 09:57
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރުގެ ވަޒީފާއިން އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައި އޮންނަ އެލަވަންސްތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ނުދޭން ނިންމާ އެކަން އެންގީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި، މަޝްވަރާ ކުރައްވާފައިތޯ ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޖަވާބެއް ނުދެއްވިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ މި ސުވާލު ހިމެނޭ ގޮތުން ގިނަ ސުވާލުތަކެއް މިނިސްޓަރ ޒަމީރު އާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން 2025 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލް މިއަހަރުގެ އެއްވެސް ހިސާބެއްގައި ލިބިދާނެތޯއާއި، 2024 ވަނަ އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ ހިންގި ހަރަދުގެ ތަފްސީލު ލިބޭނެތޯ ސުވާލު ކުރެއްވިއެވެ. އަދި އަލަށް ރިޓަރ ކުރައްވާ ފަރާތްތަކުން އެލަވަންސް ކަނޑާލުމަށް ނިންމިކަން ފާހަގަކުރައްވައި، ވަކި މުއްދަތަކުން ފެށިގެން ނުލިބޭ ގޮތަށް ހަމަޖައްސެވި ކަމަށެވެ. އެހެންނަމަވެސް 72 ގަޑިއިރު ނުވަނީސް އާދައިގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވުން ބާތިލްކުރެއްވިކަން މެންބަރު ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑެތި ނިންމެވުންތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައިތޯ މެންބަރު ޒިޔާދު ސުވާލު ކުރެއްވިއެވެ.

މިސުވާލުތަކަށް މިނިސްޓަރު ޒަމީރު ވިދާޅުވީ ބަޖެޓް ހުށަހެޅިއިރު، ހުށަހެޅި އިސްލާހުތަކަކީ އެއީ އެއަށް ބަދަލު ނުގެނެވޭ ގޮތަކަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ހާމަ ކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެމަސައްކަތްތައް ކުރިއަށް ގެންދާނީ މީގެ ކުރިން ދިމާވި މައްސަލަތައް ދިމާނުވާނެ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހިންގަމުންދާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ފީނޭންސް މިނިސްޓްރީން ހާމަކުރާ ރިޕޯޓުގައި ހިމަނާނެ ކަމަށެވެ.

މިނިސްޓަރު ޒަމީރު މިމޭރުމުން ސުވާލުތަކަށް ޖަވާބު ދެއްވި ނަމަވެސް ސަރުކާރުގެ ވަޒީފާއިން އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައި އޮންނަ އެލަވަންސްތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ނުދޭން ނިންމާ އެކަން އެންގީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި، މަޝްވަރާ ކުރައްވާފައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވާފައިނުވެއެވެ.

އެކި އެކި މުއައްސަސާތަކުން އެ ދާއިރާ އަކުން ރިޓަޔާ ވާ މުވައްޒަފުންނަށް އެކިއެކި އުސޫލުގެ ދަށުން އިނާޔަތް ދެމުން އަންނަނިކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކުއްލި ގޮތައް އެ އިނާޔަތައް ކަނޑާލަން ނިންމާ އެކަން އޮފީސްތަކަށް އަންގާފައެވެ.

އަލަށް ވަޒީފާ އިން ރިޓަޔާ ކުރާ މުވައްޒަފުންނަށް އެ މުއައްސަސާ އަކުން މަހުން މަހަށް ދޭ އެލަވަންސެއް ނުދޭން ސަރުކާރުން ނިންމާ އެކަމާ ބެހޭ ގޮތުން މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވާ އެކި އެކި މުއައްސަސާ ތަކަށް ފޮނުވާފައިވާ ސިޓީގައިވާ ވަނީ އެ ބަދަލު ގެންނަނީ ސަރުކާރުގެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސް މުއިއްޒު ނިންމެވީ، ޑިސެމްބަރ 1، 2024 ވަނަ ދުވަހު ރައީސް އޮފީހުގައި ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް "ޚުދު އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށް" ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް