Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބަދަލުކުރުން

ގާނޫނަށް މިގެނައި ބަދަލާއެކު މަޖިލިސް މެންބަރުން އުޅެންޖެހޭނީ ''އަޅު ކުދިން'' އުޅޭ ގޮތަށް: އަލީ ހުސެއިން

28 ނޮވެމްބަރު 2024 | ބުރާސްފަތި 07:59

ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، މިއީ ރައްޔިތުންގެ ގައުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2024 | ބުރާސްފަތި 07:59
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް މިގެނައި ބަދަލާއެކު ރައްޔިތުން މަޖިލީހުގެ މެންބަރުން އުޅެންޖެހޭނީ އަޅު ކުދިން އުޅޭ ގޮތަށް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިފަހަރު ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވަނީ ސީދާ ރައްޔިތުންގެ ބާރު އެއްކޮށް ކަނޑުވާލުމަށް ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރެއްވުމަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެމަނިކުފާނު ދެތިން ހަތަރު ފަހަރު ޕާޓީ ބަދަލުކުރެއްވި ކަމަށާއި، ޑީއާރްޕީ އޮޅާލާފައި، ޕީޕީއެމްއެމް ފަތް ޖަހާލި ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާ އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ގެންވިއިރު، އެހުރިހާ ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަބަދު މިމޭރުމުން މަސައްކަތް ނުކުރެވޭނެކަން އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވައި، މިފަހަރު މަޖިލީހުގެ ބާރުއެއްކޮށް ކަނޑުވާލައި، މިނިވަންކަން ގެއްލުވާލީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މެންބަރުން ގޮނޑި ދިފާއު ކުރާކަމަށްވާނަމަ، ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ވިދާޅުވި އެއްޗެއް ކިޔަންޖެހޭނެ ކަމަށާއި، ދެން މަސައްކަތްކުރަން ޖެހޭނީ އަޑު ދަށުން ކިޔާ އަޅު ކުދިން މަސައްކަތް ކުރާ އުސޫލުން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، މިއީ ރައްޔިތުންގެ ގައުމެއް ކަމަށެވެ. ވަކި ބޭފުޅަކަށް ރައްޔިތުން ބާރު ދެނީ 5 އަހަރަށް ދައުލަތަށް ހިންގުމަށް ކަމަށާއި، އެހިންގާ ގޮތް ބަލަން ރައްޔިތުން ތިބޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ނުބެލޭނެ ގޮތަށް ގާނޫނު އަސާސީ ރައީސް މުއިއްޒު ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގާނޫނު އަސާސީގެ އޮނިގަނޑާ އެއްވެސް ބަޔަކަށް ނުކުޅެވޭނެ ކަމަށާއި، ކުޅޭ ކަމަށްވާނަމަ ހުރިހާ ރައްޔިތުން އެއްބައިވާންޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި މިކަން ބަދަލުކުރަން ރައްޔިތުން ނުކުންނަންޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް