Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

އައްޑޫ އާއި ގުރައިދޫގެ ކުރިމަތިލުން އެއްވަރު

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ގުރައިދޫ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2024 | ބުރާސްފަތި 04:31
އައްޑޫ އާއި ގުރައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން

އައްޑޫ އާއި ގުރައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އައްޑޫ ސިޓީ އާއި ކ.ގުރައިދޫ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

މުބާރާތުގެ ސީގައި ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. މުބާރާތުގައި ގުރައިދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އައްޑޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އައްޑޫ އިންނެވެ. ނަމަވެސް ގުރައިދޫ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އައްޑޫ އަށް ލީޑު ނަގައިދިނީ މުޙައްމަދު އިންޝާލް އެވެ. އެއީ އެ ޓީމުގެ އަލީ ނާފިއު ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެން އިންޝާލް ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ގުރައިދޫ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަަހައިދިނީ އަޙުމަދު އަހުޒަމް އެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ގުރައިދޫ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ ދެ ވަނައިގައި އޮތީ އައްޑޫ އެވެ. އެއީ އެ ޓީމު ކުޅުނު ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ކުރެންދޫ އަށް އެއް ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ހުރާ އަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު