Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަތަންޔާހޫ ހައްޔަރު ކުރުން

ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނެތޯ ސުވާލުކުރުމުން ހޯމް މިނިސްޓަރު އިހްސާނު ހުންނެވީ ހަނު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯފް ގަލަންޓް ހައްޔަރުކުރުމަށް އެ ކޯޓުން އަމުރު އައިސީސީ އިން ނެރެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު

ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2024 | ބުދަ 15:34
ހޯމް މިނިސްޓަރ ޢަލީ އިޙްސާން

ހޯމް މިނިސްޓަރ ޢަލީ އިޙްސާން

އަނިޔާވެރި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދިވެހިރާއްޖެއަށް އަތުވެއްޖެނަމަ ރާއްޖޭން އޭނާ ހައްޔަރުކުރާނެތޯ ސޯސަލް މީޑިއާގައި ސުވާލުކުރުމުން މ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނު ޖަވާބެއް ނުދެއްވިއެވެ.

ނަޔަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކޮށް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ހަވާލުކުރާނެތޯ، މިނިސްޓަރ އިހްސާނާ "×" ގައި ސުވާލުކޮށްފައިވަނީ ޤާނޫނީ ވަކީލު އަޙްމަދު މައުރޫފްއެވެ.

އެ ސުވާލުކުރިތާ 24 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް މިނިސްޓަރު އެ ސުވާލަށް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. އެހެން ނަމަވެސް، މިނިސްޓަރު އިހުސާނަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. އެ ވުޒާރާގެ ދަށުން ހިންގާ ޕޮލިސް ސާރވިސްއާއި އިމިގްރޭޝަން ފަދަ ތަންތަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކާ ގުޅޭ ކަންކަންވެސް، އަމިއްލަފުޅަށް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ބައެއް ކަންކަމުގައި ސޯޝަލް މީޑީއާގައި މީހުންނާ މުއާމަލާތު ކުރައްވައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވުމަށް ޓަކައި ނެދަލޭންޑުގެ ދަ ހޭގުގައި ހުންނަ އައިސީސީ އިން ބަލަންފެށި މައްސަލައާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯފް ގަލަންޓް ހައްޔަރުކުރުމަށް އެ ކޯޓުން އަމުރު ނެރެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ކޯޓުން އަމުރު ނެރުމާއެކު، ގިނަ ގައުމުތަކަކުން ވަނީ ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ބުނެފައެވެ. މި ގޮތުން، ނެދަލޭންޑްސް، އިޓަލީ، ސްވިޒަލޭންޑް، އަޔަލޭންޑް، ބެލްޖިއަމް އަދި ފްރަންސް ފަދަ ހުޅަނގުގެ ގައުމުތަކުންވެސް، ނަތަންޔާހު ޒިޔާރަތްކޮށްފިނަމަ ހައްޔަރުކޮށް، ކޯޓާ ހަވާލުކުރާނެކަމަށް ރަސްމީކޮށް ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއަކީ ވެސް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރަތައް ތަންފީޒުކުރުން ލާޒިމުވާ، އެ ކޯޓުގެ މެންބަރު ގައުމެކެވެ. އެ ކޯޓުގެ މެންބަރަކަށް ރާއްޖެއިން ވެފައިވަނީ، 2011 ވަނަ އަހަރު ދިވެހިރާއްޖޭން، "ރޯމް ސްޓެޓިއުޓް އޮފް ދަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" އެވެ ކިޔާ ބައިނަލްއަގްވާމީ މުއާހަދާ ތަސްދީގުކޮށް، ފުރިހަމަ މެންބަރު ގައުމަކަށް ރަސްމީކޮށް ވެފައިވާތީއެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އަމުރު ނެރުނު ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު "×" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަތަންޔާހޫ ހައްޔަރު ކުރަންޖެހޭނެ ކަމަށް ނުވަތަ ރާއްޖެ އަތުވެއްޖެ ނަމަ އޭނާ ހައްޔަރުކޮށް، ކޯޓުގެ އަމުރު ރާއްޖޭން ތަންފީޒުކުރާނެކަމަށް ސާފުކޮށް ވިދާޅުވެފައެއްނުވެއެވެ.

އަދި ނަތަންޔާހޫގެ ނަންނަވެސް، އެ ޕޯސްޓުގައި ހިމަނައިފައިނުވާކަން ފާހަގަކުރެވެއެވެ.

އިސްލާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ މައްސަލައިގައި މި ސަރުކާރުން މިހައިތަނަށް ޢަމަލުކޮށްފައިވާ ގޮތުން އަދި ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް، ރައްޔިތުންގެ މަޖިލީހުގައި އެ ބިލު "ތާށިކޮށްފައި" އޮތުމުގެ ސަބަބުން، ފަލަސްތީނުގެ މައްސަލައިގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ވެރިން ދައްކަމުންދާ ވާހަކަތަކުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ.

އަދ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރަށް އެއްވެސް ކަމެއް ކުރަން ކެރިދާނެތޯ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު