Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 20

ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން މިނިސްޓަރ ވާހަކަ ދެއްކެވީ ހަގީގަތާ ޚިލާފަށް، ބަޖެޓްގައި ރަށްރަށުގެ ތަރައްގީއަށް ހުރި މަޝްރޫޢުގެ ތެރެއިން 30 ޕަސެންޓްވެސް ނެތް ޚަރަދުކޮށްފައެއް: ޝަމްހީދު

27 ނޮވެމްބަރު 2024 | ބުދަ 06:19

ޕީއެސްއައިޕީ ބަޖެޓްގައި ރަށްރަށުގެ ތަރައްގީއަށް ހުރި މަޝްރޫޢުގެ ތެރެއިން 30 ޕަސެންޓްވެސް ޚަރަދުކޮށްފަ ނެތް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 27 ނޮވެމްބަރު 2024 | ބުދަ 06:19
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު (ފައިލް ފޮޓޯ)

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު (ފައިލް ފޮޓޯ)

ޕީއެސްއައިޕީ ބަޖެޓް ހުސްވެގެން ސަޕްލިމަންޓްރީ ބަޖެޓްގައި އަދަދުތަކެއް ޖެއްސެވިކަމަށް ވިދާޅުވެ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް ދެއްކެވި ވާހަކަފުޅު ތަކަކީ ހަގީގަތެއް ނޫން ކަމަށާއި، ޕީއެސްއައިޕީ ބަޖެޓްގައި ރަށްރަށުގެ ތަރައްގީއަށް ހުރި މަޝްރޫޢުގެ ތެރެއިން 30 ޕަސެންޓްވެސް ޚަރަދުކޮށްފަ ނެތް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ކުރައްވަން ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރު މުއްޠަލިބް ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ. މެމްބަރުގެ ސުވާލަށްފަހު އިތުރު މެމްބަރުންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު ޝަމްހީދު ވަނީ މިނިސްޓަރު މުއްޠަލިބް ރައްޔިތުންނަށް އޮޅޭ ގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޑރ ޝަމްހީދު ވިދާޅުވީ، 14 ނޮވެމްބަރު 2024 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސްޓެޓިސްޓިކްސްގައި ބުނާ ގޮތުން، ދިވެހި ރާއްޖޭގެ ބަނދަރު ހަދަން ބަޖެޓްކޮށްފައި ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ރުފިޔާއެއްވެސް ޕީއެސްއައިޕީ ބަޖެޓް ހުސްވި އިރު ވެސް ހޭދަކޮށްފައި ނެތް ކަމަށެވެ. ބަނދަރު ހަދަން ހުރި ފައިސާއިން ހޭދަ ނުކުރާ ކަމަށާއި، ޖުމްލަ 2 ބިލިއަނެއްހާ ރުފިޔާ ޕީއެސްއައިޕީ ބަޖެޓުން މިއަދާ ހަމައަށް ރަށްރަށުގެ ތަރައްގީއަށް ހުރި ފައިސާ ވަނީ އެހެން ކަންތައްތަކަށް ބޭނުންކޮށްފައި ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޝަމްހީދު ތަކުރާރުކޮށް ވިދާޅުވީ، މަޖިލީހުގައި މިނިސްޓަރ އޮޅޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށެވެ.

"ސަޕްލިމަންޓްރީ ބަޖެޓް އައީކީ އެ މަޝްރޫޢުތަކަށް ޖަހާފައިވާ ފައިސާ ހުސްވެގެނެއް ނޫން. އެ ފައިސާ އެހެން ކަންތަކަށް ބޭނުންކޮށްގެން" ޝަމްހީދު ވިދާޅުވިއެވެ.

މިނިސްޓަރ މުއްޠަލިބް ވިދާޅުވެފައިވަނީ، ބަޖެޓްގައި ހުރި މިންވަރަށް ވުރެ އިތުރަށް ޕީއެސްއައިޕީއަށް ޚަރަދުކުރަން ޖެހިގެން ސަޕްލިމަންޓްރީ ބަޖެޓްވެސް ފާސްކުރަން ޖެހުނު ކަމަށެވެ.

ސުވާލު ކުރެއްވުމުގެ ފުރަތަމަ ފުރުސަތުގައި ޝަމްހީދުގެ ސުވާލު ފުރިހަމަ ނުވަނީސް ވަގުތު ހަމަވެގެން މައިކް ވަނީ ކަނޑާލާއްވާފައެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ، އިތުރު ސުވާލުކުރުމުގެ ވަގުތުގައި ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވަޒީރުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަން ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް