Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ފިޤުހީ މައްސަލަތަކުގައި މަޝްވަރާކުރުން

ޒަމާނީ ފިޤުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރަން ޖެހޭ: މިނިސްޓަރު ޝަހީމް

23 ނޮވެމްބަރު 2024 | ހޮނިހިރު 14:01

ވަކި ކަމެއްގެ ޝަރުއީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވައިދެއް

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2024 | ހޮނިހިރު 14:01
'ފަތުވާ މަހާސިންތާ' ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

'ފަތުވާ މަހާސިންތާ' ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިޒަމާނުގައި ކުރިމަތި ވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރަން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ 'ފަތުވާ މަހާސިންތާ' ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިސްލާމީ ފިޤުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުއީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއް ކަމަށެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިގުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާއީ، ޢުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގު ފަހިވާނެ ކަމަށެވެ. ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިހުތިރާމް ކުރުމަކީ އިލްމުވެރިންގެ އަހުލާގު ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދީނުގެ ހުކުމްތައް ބަޔާންކުރުމުގައި އިސްލަމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުސޫލުތަށް ނެގެހެއްޓުމަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި، ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިޙުތިރާކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި މަހާސިންތާގެ މައުޟޫއަކީ "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ. މި މަހާސިންތާގެ މަގުސަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ރާއްޖޭގައި ދީނީގޮތުން ޚިޔާލުތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމައުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމައު އިސްލާހު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
05 ފެބުރުއަރީ 2025

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
31 ޖެނުއަރީ 2025

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހަދަނީ

31 ޖެނުއަރީ 2025
މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހަދަނީ
05 އޮކްޓޯބަރު 2024

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް
19 ސެޕްޓެމްބަރު 2024

މިނިސްޓަރ ޝަހީމްގެ ޒާތީ ވާހަކަތަކާ އެކު، ޑރ އިޔާޒުގެ ސިޓީއެއް ރައީސް މުޢިއްޒު އަށް

19 ސެޕްޓެމްބަރު 2024
މިނިސްޓަރ ޝަހީމްގެ ޒާތީ ވާހަކަތަކާ އެކު، ޑރ އިޔާޒުގެ ސިޓީއެއް ރައީސް މުޢިއްޒު އަށް
18 ސެޕްޓެމްބަރު 2024

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ

18 ސެޕްޓެމްބަރު 2024
އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް