Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހަދަނީ

ފަންޑު ފޮށި ބެހެއްޓުމަށް ހުއްދަދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖެނުއަރީ 2025 | ހުކުރު 06:34
އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހެދުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކި އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވެގެންދާތީ، މިސްކިތްތަށް ބޭނުންކޮށްގެންކުރާ މިފަދަ ކަންކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހެދުމަށްވަނީ ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިގޮތަށް ހުއްދަދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން ކަމަށާއި، ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރިގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަށް އުސޫލުގައި ބަޔާންވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އުސޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.

މިއީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް މި ގަވައިދު ހަދައި، އާއްމު ކުރެވޭނެ ވަކި ދުވަހެއް މިނިސްޓަރު ޝަހީމް ހާމަކުރައްވާފައިނުވެއެވެ.

މިސްކިތްތަކުގެ އިތުރުން ވެސް އާއްމުން އެއްވެ އުޅޭ އެކިއެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުން މިހާރު ވަނީ އާއްމުވެފައެވެ. ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުންނަށް އެހީވުމަށް ހިންގާ ހަރަކާތްތަކުގައި އެކިއެކި ޖަމިއްޔާތަކުން ވެސް ބައިވެރިވެ، އިވެންޓްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް ބަލި މީހުންގެ ފޮޓޯއާއި، ޑޮކިއުމެންޓް ދައްކައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެއް މިފަހުން ފެންމަތިވެގެންދިޔައެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓްރީމިސްކިތް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު