Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

މާޝް ހުރީ މެސީގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދާ އެކު

މާޝް ވިދާޅުވީ މިއާމީގެ އައު ސްޓޭޑިއަމްގައިި 2026 ވަނަ އަހަރު މެސީ ކުޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކު ހުންނެވި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 04:19
މިއާމީގެ މެނޭޖިން އޯނަރު ޖޯޖު މާޝް އަދި އެ ކުލަބުގެ ކެޕްޓަން ލިއޮނަލް މެސީ

މިއާމީގެ މެނޭޖިން އޯނަރު ޖޯޖު މާޝް އަދި އެ ކުލަބުގެ ކެޕްޓަން ލިއޮނަލް މެސީ

އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް އެ ކުލަބުގެ މެނޭޖިން އޯނަރު ޖޯޖު މާޝް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއާމީގައި މެސީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު އުމުރުން 37 އަހަރުގެ މެސީ އިންޓަ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު މެސީ ސޮއި ކޮށްފައިވާ ދެ އަހަރާ ބައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާޝް ވިދާޅުވީ މިއާމީގެ އައު ސްޓޭޑިއަމްގައިި 2026 ވަނަ އަހަރު މެސީ ކުޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކު ހުންނެވި ކަމަށެވެ. އޭނާ ބުނީ މެސީ ހުރީ އެ ކުލަބުގެ އެއްބަސްވުމެއްގައި ކަމަށާއި، މެސީގެ މުސްތަޤުބަލާ ގުޅޭ ގޮތުން އެންމެ ރަނގަޅު ވަގުތުގައި އޭނާ މެސީއާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެ ކުލަބުގައި މެސީ ދައްކަމުން އަންނަ ކުޅުމާއި، އޭނާގެ ފަރާތުން ކުލަބަށް ލިބެމުން އަންނަ ފައިދާއާ މެދު އިންތިހާ އަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ވެސް މާޝް ވިދާޅުވި އެވެ.

އިންޓަ މިއާމީ އަކީ މެސީގެ ކެރިއަރުގައި އޭނާ ކުޅޭ ތިން ވަނަ ކުލަބެވެ. ސްޕެއިންގެ ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި މެސީ ވަނީ އެ ކުލަބުގައި 17 އަހަރު ހޭދަކުރުމަށްފަހު ދެން މެސީ ބަދަލުވީ ޕީއެސްޖީ އަށެވެ. އެއީ ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުން އައު ކުރެވޭނެ އެއްވެސް ޙާލަތެއް ނެތުމުންނެވެ. ޕީއެސްޖީގައި ދެ އަހަރު ހޭދަ ކުރުމަށްފަހު ދެން މެސީ ބަދަލުވީ މިހާރުގެ ކުލަބު އިންޓަ މިއާމީ އަށެވެ. އެއީ އަލުން އޭނާ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން އަންނަނިކޮށެވެ. އޭގެ އިތުރުން ސައުދީ ލީގުގެ ކުލަބުތަކުން ވެސް އޮތީ މެސީ ހޯދުމުގެ ޝައުޤުވެރިކަމުގަ އެވެ.

އިންޓަ މިއާމީ އަށް ބަދަލުވެ މެސީ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 39 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު މެސީ ވަނީ ލީގްސް ކަޕްގެ އިތުރުން ސްޕޯޓާސް ޝީލްޑު ވެސް ކާމިޔާބު ކޮށްފަ އެވެ. މެސީ ބަދަލުވީ ފަހުން މިއާމީން ވަނީ އެ ކުލަބުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މެސީގެ މުސްތަޤުބަލާ މެދު މިހާތަނަށް އޭނާ ވަކި ނިންމުމެއް ނިންމާފައި ނުވާއިރު، ސައުދީ ލީގުގެ ކުލަބުތަކުން އަދިވެސް އޭނާ އަށް ޝައުޤުވެރިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

އިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު