Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު އިތުރުފުޅު ހެއްދެވުން

ދޮގު ހެއްދެވުމުގެ ބައްޔަށް މުއިއްޒު ފަރުވާ ހޯއްދެވުމަށް ދަ ޑެމޮކްރަޓްސް ގެ ރައީސް ގޮވާލައްވައިފި

18 ނޮވެމްބަރު 2024 | ހޯމަ 05:38

ހަސަން ލަތީފް ވިދާޅުވީ، މުއިއްޒުގެ ކިބައިން ދޮގު ހެދުން ފެންނަ މިންވަރަށް ނިސްބަތްކޮށް "ގިނަފަހަރަށް އެއީ ނަފްސާނީ ބައްޔެއްގެ އަލާމާތެއް ކަމުގައި ވެދާނެ،" ކަމަށް

ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 05:38
ރައީސް މުއިއްޒު - ގިނަގިނައިން އިތުރުފުޅު ހައްދަވާކަން ގިނަ ބަޔަކު ފާހަގަ ކުރޭ

ރައީސް މުއިއްޒު - ގިނަގިނައިން އިތުރުފުޅު ހައްދަވާކަން ގިނަ ބަޔަކު ފާހަގަ ކުރޭ

ދޮގު ހެއްދެވުމުގެ ބައްޔަށް ރައީސް މުހައްމަދު މުއިއްޒު ފަރުވާ ހޯއްދެވުމަށް ދަ ޑެމޮކްރަޓެސް ގެ ރައީސް ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު އެކްސްގައި ހަސަން ލަތީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮގުހެދުމުގެ ބައްޔަށް ހަގީގަތުގައި ވެސް މުއިއްޒު "ޕްރޮފެޝަނަލް އެހީތެރިކަން" ހޯއްދަވަން ޖެހޭ ކަމުގައެވެ.

ހަސަން ލަތީފް ވަނީ މުއިއްޒު އަކީ "ޕެތޮލޮޖިކަލް ލަޔަރ" އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ޕެތޮލޮޖިކަލް ލަޔަރ އަކީ ގިނައިން ދޮގު ހެދުމުގެ އިތުރުން ދޮގު ހެދުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކި އަމިއްލަ އިޚްތިޔާރުން ބޭރުންވެސް ދޮގު ހަދާ ފަރާތްތަކެވެ.

ހަސަން ލަތީފް ވިދާޅުވީ، މުއިއްޒުގެ ކިބައިން ދޮގު ހެދުން ފެންނަ މިންވަރަށް ނިސްބަތްކޮށް "ގިނަފަހަރަށް އެއީ ނަފްސާނީ ބައްޔެއްގެ އަލާމާތެއް ކަމުގައި ވެދާނެ،" ކަމަށެވެ.

"ސިއްހީ މާހިރުންގެ ބަހުން، މީހަކީ ދޮގުހެދުމުގެ ބަލި ޖެހިފައިވާ މީހެއް ނަމަ، އޭނާއަށް އެކަން ފުރިހަމައަށް އެނގިފައި ނުވުން އެކަށީގެންވެއެވެ." ހަސަން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި، ދަ ޑެމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ކުރެއްވި ޕޯސްޓުގައި ދޮގު ހެދުމުގެ ބަލީގެ އަލާމާތްތައް ހިމެނޭ މައުލޫމާތު ޝީޓެއްވެސް ވަނީ އެޓޭޗް ކުރައްވާފައެވެ.

ހަސަން ލަތީފް، މި މޭމުރުމުން ރައީސް މުއިއްޒު އާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އިރު، ސަރުކާރަށް އެއް އަހަރު ފުރިގެން ސޯޝަލް ސެންޓަރުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަރަށް ގިނަ އިތުރުފުޅުތައް ހައްދަވާފައިވާކަން ފާހަގަ ކޮށް ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

މުއިއްޒުގެ ސަރުކާރަށް ނޮވެމްބަރު 17 އަށް އެއް އަހަރު ފުރުނު އިރު އެމަނިކުފާނު ކަންކަން މިހާތަަނަށް ކުރައްވާފައިވަނީ ވެސް އިންތިޚާބީ ވައުދުތަކާ ދިމާ އިދިކޮޅަށް ކަން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މުއިއްޒު އިތުރުފުޅު ހެއްދެވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް