Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ ޓީމު

ޒުވާން ޓީމުން ދައްކަމުން އަންނަ ކުޅުމާމެދު ފުއެންޓޭ ހިތްހަމަ ޖެހިފައި

މީގެ އިތުރުން ފުއެންޓޭ ބުނީ ސްޕެއިން އިން ބޭނުންވި މިސްރާބުގައި މެޗު ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2024 | އާދީއްތަ 03:49
ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގައި އޮތް ޒުވާން ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު އިންތިހާ އަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ސްޕެއިން އިން ވަނީ ގުރޫޕުގެ އެއް ވަނަ މަގާމު ކަށަވަރު ކޮށްފަ އެވެ. އެ މެޗާ ކުރިމަތިލީއިރު ވެސް ސްޕެއިން އޮތީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ.

ފުއެންޓޭ ބުނީ މެޗުގައި ސްޕެއިންގެ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި، މެޗާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކަމަށެވެ. ޚާއްސަކޮށް ސްޕެއިންގައި އޮތް ޒުވާން ޓީމުން މިހާތަނަށް ދައްކަމުން އަންނަނީ ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ކަމަށާއި، އެ ކުޅުންތެރިންގެ ސަބަބުން ސްޕެއިން އަށް އިތުރު ރޫޙެއް ލިބެމުން އަންނަ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

މުޅި މެޗަށް ބަލާއިރު، ފުއެންޓޭ ބުނީ ޑެންމާކު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅެން ޖެހުނީ ވެސް އުނދަގޫ ޙާލަތެއްގައި ކަމަށް ފުއެންޓޭ ބުންޏެވެ. ޚާއްސަކޮށް ޑެންމާކުން ދިޔައީ ސްޕެއިން އަށް އެތައް ޕްރެޝަރެއް ކުރިމަތި ކުރުވަމުން ކަމަށާއި، ސްޕެއިން އިން ކުޅެން ޖެހުނީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ ސްޕެއިން އިން ބޭނުންވި މިސްރާބުގައި މެޗު ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ޚާއްސަކޮށް ފިޓްނަސްގެ ބައެއް މައްސަލަ ދިމާވިކަން އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، މެޗުގައި ސްޕެއިން އަށް ލިބެމުން ދިޔަ ފުރުސަތުތަކުގެ ބޭނުން ހިފުމާއި، މެޗު ކޮންޓްރޯލްކޮށްގެން ސްޕެއިން ކުޅުނު ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ފުއެންޓޭ ޤަބޫލު ކުރާ ގޮތުގައި ސްޕެއިން އަށް އެ މެޗުން، 3-0ގެ ނަތީޖާ އަކުން ވެސް މޮޅު ވެވޭނެ އެވެ.

ސްޕެއިންގެ ކޯޗުކަމާ ފުއެންޓޭ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން އިން ވަނީ ޔުއެފާ ނޭޝަންސް ލީގު އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު