Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ފާސްނުކުރުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި

15 ނޮވެމްބަރު 2024 | ހުކުރު 11:35

ދައުލަތުގެ އިދާރާއަކުން ރެގިއުލޭޓްކުރުމަށް ދެވޭ އިހުތިޔާރަކީ ޗާޕްކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2024 | ހުކުރު 11:35
ޑިމޮކްރަޓްސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޑިމޮކްރަޓްސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކުރުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގެ ބުނެފައިވަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން، އަދި ރާއްޖޭގެ ގާނޫނުއަސާސީން ވެސް ބަލައިގަނެފައިވާ އެންމެހާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއްނެތި، ނޫސްތަކުގެ މައްޗަށް ކަންކަން މަޖުބޫރުކުރުމާއި، ނޫސްވެރިންނަށް އަދަބު ދިނުމާއި، ނޫސްތައް ބަންދުކުރުމުގެ ބާރު އަތަށް ނެގޭގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވާތީ ދަ ޑިމޮކްރެޓްސް އިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ބްރޯޑްކާސްޓްކުރުން ވަކި ހަމައަކުން ދައުލަތުގެ އިދާރާއަކުން ރެގިއުލޭޓްކުރުމަށް ދެވޭ އިހުތިޔާރަކީ ޗާޕްކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއްކަމަށް ހަދައި، މި ދެކަމުގައި އޮތް އަސާސީ ފަރަގު ވެސް އޮޅުވާލައިގެން، ނޫސްތަކުގެ މައްޗަށް ބާރުހިންގައި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް އެ ބިލުގައި މާއްދާތައް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ޑިމޮކްރެޓިކް ނިޒާމެއްގައި، އަދި ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ތެރެއިން ވެސް، ޗާޕްކޮށްގެންނާއި އޮންލައިންކޮށް ނޫސް ހިންގުމަކީ ސަރުކާރުން ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ރެޖިސްޓްރޭޝަނެއް ހޯދައިގެން ކުރަންޖެހޭކަމަކަށް ނުވާއިރު، އެގޮތަށް މަޖުބޫރުކުރުވާފައިވާކަމުގެ ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ.

ޑޮމޮކްރެޓްސްއިން ބުނެފައިވަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން، ނޫސް ހިންގުން ވާންޖެހެނީ ފުރިހަމައަށް އެއްކޮށް އަމިއްލައަށް ރެގިޔުލޭޓްކުރެވިގެން ހިންގޭ ނޫސްވެރިކަމަކަށެވެ. އެމަގަށް ގެންދިއުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތް ވަނިކޮށް، އެއާ ހިލާފަށް ޤާނޫނަށް މިހާރު ހުށަހަޅާފައިވަނީ މިހާރު އޮތް ހާލަތަށްވުރެ ވެސް ބޮޑުތަނުން ގޯސްކޮށް ނުވަތަ ބޮޑުތަނުން ނޫސްތައް ދައުލަތުގެ އިދާރާއަކުން ރެގިޔުލޭޓްކުރުމަށެވެ. އަދި އެ އިދާރާ އަތުރާލާފައިވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް އޮންނަ ގޮތުގައިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި "ތެދު ބަސް" މިއީ ސަރުކާރަށް ނުވަތަ އެނޫން ވެސް ވަކިފަރާތަކަށް އޮންނަ "މޮނޮޕޮލީ" އަކަށްނުވާއިރު، ސަރުކާރު ހިތް ނުރުހޭ ގޮތަކަށް މައުލޫމާތު ޝާއިއުކުރެވިދާނޭކަމުގެ ބިރަށް، އެ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިއަށް ނަފުސު ސެންސަރުވެގެން އެ މައުލޫމާތެއް ވަކިގޮތަކަށް ބައްޓަންކުރުމަށް މަޖުބޫރުކުރުވާގޮތަށް އެ ބިލު ފަރުމާކޮށްފައިވުމީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ އަމަލެއްކަމަށް ދެކޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމުގެ މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 މެއި 2017

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

03 މެއި 2017
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ
03 މެއި 2017

މީޑިއާގެ މިނިވަންކަން ރައްކާކޮށްދޭނެ ލީޑަރުން ބޭނުންވޭ: އދ ގެ ސެކްރެޓަރީ ޖެނެރަލް

03 މެއި 2017
މީޑިއާގެ މިނިވަންކަން ރައްކާކޮށްދޭނެ ލީޑަރުން ބޭނުންވޭ: އދ ގެ ސެކްރެޓަރީ ޖެނެރަލް
01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
21 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

21 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް