Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާގެ މިނިވަންކަން ހަނިކުރުން

މީޑިއާތަކާއި ނޫސްވެރިންނަށް އަދަބު ދޭން ހަދާ ގާނޫނާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި، ސަރުކާރު މެންބަރުން ޖެހީ އަތްތިލަބަޑި

14 ނޮވެމްބަރު 2024 | ބުރާސްފަތި 09:48

ނޫސްވެރިންނާއި މީޑިއާތައް ޖުރިމަނާ ކުރުމާއި، ސައިޓްތައް އައު ކޮމިޝަނަށް ބްލޮކް ކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 09:48
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން، ހުށަހެޅި ބިލުގެ މައްސަލައިގައި ކަންބޮޑުވުން އޮތުމާއެކު ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާކުރަން ދެކޮޅު ހަދައި ބޭރުކޮށްލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައާ މެދު ގޮތެއް ނިންމަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ އ އަދި މ ގައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް ކޮން ޝަރުތެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެއާއެކު ސަރުކާރު މެންބަރުން ވަނީ އެކަމާއި އުފާކުރައްވާ އަތްތިލަބަޑި ޖަހާފައެވެ.

Advertisement - newsAdvertisement

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ނަމުގައި އާ ގާނޫނެއް އުފައްދަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން، ހަބަރާއި، މައުލޫމަތާއި، ފެންނަ ގޮތްތަކަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާޢިއުކުރުމާއި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ.

އަދި ސަރުކާރާއި ގުޅިފައިވާ މެންބަރަކު، 13 ނޮވެމްބަރުގައި މަޖިލީހަށް ހުށަހަޅާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލު ފަރުމާކޮށްފައިވަނީ، ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި، މީޑިއާތއް ރެގިއުލޭޓްކުރުމުގެ ބާރު، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް އަދި ސީދާ ރައީސް އައްޔަންކުރައްވާ މެންބަރުންގެ މައްޗަށް އެކުލަވާލެވޭ މީޑިއާ ކޮމިޝަނެއް މެދުވެރިކޮށް ސީދާ ގޮތަށް ކަމަށެވެ.

އަދި މި ބިލުގެ ދަށުން، ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް، ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންދާ ގޮތަށެވެ. އަދި މި ބިލުގެ ސަބަބުން، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިވެ، ރައްޔިތުންގެ މިނިވަންކަމަަށް އުނިކަން ލިބިދާނެ ކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ބިލަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް، ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން، ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ.

އަދި ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، މާލީގޮތުން ރައްޔިތުން ހަނާވަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ހާލާމެދު ބެލެހެއްޓުންތެރިކަމެއް ފަރުވާލެއް ބެހެއްޓުމެއްނެތި، ދައުލަތުގެ ހަރަދުތަކާއި، މާލީ ހާލަތާ ގުޅޭ މައުލޫމާތު ސިއްރުކުރަމުންދާތީ، ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ނަމަވެސް، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހާމަނުކުރުން އެއީ މި ސަރުކާރުގެ އާންމު ސިޔާސަތަކަށް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ހިންގަމުންދާ ނޭއްގާނީ އަމަލުތަކާ ދެކޮލަށް އަޑުއުފުލާ ފަރާތްތައް ހިފައި ހައްޔަރުކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ގޮވާލަމުންދާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ފަހަރަކު ހައްގަކަށް އަމާޒުކޮށްގެން، އެ ހައްގުތައް އުނިކޮށް، ގައިދުކުރަމުންގޮސް، ނިޒާމީ ސިފައެއްގައި، ރައްޔިތުންގެ މިނިވަންކަމާއި އަސަސީ ހައްގުތައް ދާއިމީ ގޮތެއްގައި ނަގައިލުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް