Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ އޮތީ ރަނގަޅު މިސްރާބެއްގައި: މަރެސްކާ

މަރެސްކާ ބުނެފައި ވަނީ، މިހާރު ޗެލްސީ ކުރަމުން އަންނަ ދަތުރަކީ އަދިވެސް ދިގު ދަތުރެއް ކަމަށާއި، އެހެން ނަމަވެސް އެ ދަތުރުގައި ޗެލްސީ އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 06:41
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީ މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ބުނެ، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ކުލަބުގެ ސަޕޯޓަރުންނަށް ޚާއްސަ މެސެޖެއް ދީފި އެވެ.

ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ މިހާރު ކުރިއަށްދާ ސީޒަނާ ދިމާކޮށެވެ. އެއީ ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، އޭނާގެ ކުރިން އެ މަޤާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިވުމުންނެވެ. ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ ފަހުން، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން ވަނީ 11 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން ޗެލްސީ ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗު އެއްވަރުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ތާވަލްގެ ތިން ވަނައިގައި ޗެލްސީ އޮތީ 19 ޕޮއިންޓާ އެކު އެވެ.

އެކަމާ ގުޅޭ ގޮތުން ޗެލްސީގެ ސަޕޯޓަރުންނަށް ޚާއްސަކޮށް މަރެސްކާ ބުނެފައި ވަނީ، މިހާރު ޗެލްސީ ކުރަމުން އަންނަ ދަތުރަކީ އަދިވެސް ދިގު ދަތުރެއް ކަމަށާއި، އެހެން ނަމަވެސް އެ ދަތުރުގައި ޗެލްސީ އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އޭނާ ބުނީ ޗެލްސީ އާއެކު ކުރިއަށް ދިޔުމުގައި އޭނާ އަށް ހިތްހަމަ ޖެހުން އިޙުސާސް ކުރެވޭ ކަމަށާއި، މިހާތަނަށް އައިއިރު ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓާއި، ކުލަބަށް ބާއްވާ އިތުބާރަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މަރެސްކާ ބުނެފައި ވަނީ ޗެލްސީން ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމެއް ނެތި ކުރަން ޖެހޭ ކަމަށެވެ. ކުރިން ވެސް އޭނާ ފާހަގަކޮށްފައިވާ ފަދައިން، ކަންކަން ޙާސިލު ކުރުމަށް ވަގުތު ނަގާނެ ކަމަށާއި، އެ ވަގުތާ އެކު ކުރިއަށް ގޮސްފި ނަމަ، ލިބޭ ނަތީޖާ ވެސް ރަނގަޅު ވާނެ ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޗެލްސީގެ ކުޅުންތެރިން މިހާރު ކުރަމުން އަންނަ މަސައްކަތާއި، އެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމުގައި ވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

ބައިނަލްއަޤުވާާމީ ބްރޭކަށްފަހު ލީގުގެ ކުޅުން ދެން ފަށާއިރު، މި މަހުގެ 23 ވަނަ ދުވަހު ޗެލްސީ ނިކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އޭގެ ފަހުން ޔުއެފާ ޔޫރޮޕާ ލީގުގައި އެ ޓީމު ނިކުންނާނީ ހެއިޑެންހައިމާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު