Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ސްކީލާން" ޑޮކިއުމަންޓްރީ

"ސްކީލާން" ޑޮކިއުމަންޓްރީ މައްސަލައިގައި މީޑިއާ ކައުންސިލް ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ދީދީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 09:50
ސްކީލާން ޑޮކިއުމެންޓްރީ މައްސަލައިގައި މީޑިއާ ކައުންސިލްގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްފައި

ސްކީލާން ޑޮކިއުމެންޓްރީ މައްސަލައިގައި މީޑިއާ ކައުންސިލްގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްފައި

"ސްކީލާން" ޑޮކިއުމަންޓްރީ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކުރީ ހެނދުނު 11:30 ގައެވެ. މީޑިއާ ކައުންސިލް ހާޒިރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ އުފެއްދުން "ސްކީލާން" އަށް އެވޯޑް ލިބުނު މައްސަލަ ހިމެނެއެވެ.

Advertisement - newsAdvertisement

މީޑިއާ ކައުންސިލް ހާޒިރުކުރި ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ދީދީއެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސައިންއެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ، ކޮމިޓީގައި މަސްލަހަތު ފުށުއަރާ މައްސަލަތަކެއް ހުރުމުންނެވެ. ކޮމިޓީ ސިއްރުކުރުމަށް މެންބަރުންގެ ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ފާސްކޮށްފައެވެ.

"އަދަދު" ނޫހުގެ ތަހުގީގީ ޑޮކިއުމެންޓްރީ "ސްކީލާން" އަށް އެވޯޑް ލިބުނު މައްސަލައިގައި ސަރުކާރުން އަންގައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މީޑިއާ ކައުންސިލަށް ވަދެފައިވެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު