Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލް ޤައުމީ ޓީމު

ޤައުމު ތަމްސީލު ކުރުމަށްވުރެ ބޮޑު އުފަލެއް ނޯންނާނެ: ރޮނާލްޑޯ

ޕޯޗުގަލް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ބުނީ، ޤައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމުން، އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 05:37
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

އަމިއްލަ ޤައުމު ތަމްސީލު ކުރުމަށްވުރެ ބޮޑު އެހެން އެއްްވެސް އުފަލެއް ނޯންނާނެ ކަމަށް، ޕޯޗުގަލް ޤައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕޯޗުގަލް ޤައުމީ ޓީމުގައި އޭނާ ދައްކާފައިވާ ކުޅުމާއި، ޤައުމީ ޓީމާ އެކު ހޯދާފައިވާ ކާމިޔާބީތައް އަދި ޤައުމީ ޓީމަށް ރޮނާލްޑޯ ކޮށްދީފައިވާ ޚިދުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް ދިން އެވޯޑާ ގުޅިގެންނެވެ. އެގޮތުން ޕޯޗުގަލް އަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ޤައުމީ ޓީމަށް ކުޅުމަށް ދެކޮޅު ހަދާކަން ރޮނާލްޑޯ ވަނީ ފާހަގަ ކޮށްފަ އެވެ. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، ޕޯޗުގަލް ޤައުމީ ޓީމަށް ކުޅެން ބައެއް ކުޅުންތެރިން ބޭނުން ނުވުމަކީ، އޭނާ އަށް ވަރަށް އުނދަގޫ ކުރުވާ ކަމެއް ކަމަށެވެ.

ޕޯޗުގަލް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ބުނީ، ޤައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމުން، އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. ވަރަށް އަވަހަށް ވަގުތުތައް ހުސްވަމުން ދާނެ ކަމަށާއި، ކަންކަން ބަދަލުވާނީ ވަރަށް އަވަހަށް ކަމަށް ރޮނާލްޑޯ ބުންޏެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ، ޤައުމު ތަމްސީލު ކުރުމާއި، ޤައުމުގެ ސަޤާފަތުގެ ތެރޭގައި އުޅުމަށްވުރެ ވަކިން ބޮޑު އެހެން އެއްވެސް އުފަލެއް ނޯންނާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ ބްރޭކުގައި ޕޯޗުގަލް އިން ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގައި ވެސް ރޮނާލްޑޯ ފެންނާނެ ކަމަށް ބެލެވެ އެވެ. ޔުއެފާ ނޭޝަންސް ލީގުގައި މި މަހުގެ 16 ވަނަ ދުވަހު ޕޯޗަގަލް ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ޕޯޗުގަލްގެ ސީނިއާ ޓީމުން ރޮނާލްޑޯ އަށް ޖާގަ ލިބުނީ 2003 ވަނަ އަހަރު އެވެ. މިހާރު އުމުރުން 39 އަހަރުވެފައިވާ ރޮނާލްޑޯ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 216 މެޗުގައި 133 ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ އަކީ ޕޯޗުގަލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމީ ޓީމަށް އެންމެ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް ޤައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން، 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު