Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ، ފުނޑިއްޖެ ޖަލްސާ

ދޮގުހެދުމަކީ ދެވި ހިފާކަމެއް، މި ސަރުކާރުގެ "ދޮގުހެދުމަށް" ރީހެބެއް ބޭނުންވޭ: އާޒިމް

ކުރީ ސަރުކާރު ވެރިކަމުގައި އޮތް ނަމަ މިހާރު އާރްޓީއެލްގެ ޚިދުމަތް ވެސް އިތުރު ރަށްތަކަށް ފުޅާވީސް ކަަމަސް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 18:32
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް

ދޮގުހެދުމަކީ ދެވި ހިފާކަމެއް ކަމަށާއި މި ސަރުކާރުގެ "ދޮގުހެދުމަށް" ރީހެބެއް ބޭނުންވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި މި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަަދައްކަވަމުން އާޒިމް ވަނީ ސަރުކާރުން އިންތިހާ އަށް ދޮގު ހަދާކަމަށް ސިފަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސިނގިރެޓަށް ދެވި ހިފާފައި ހުންނަ މީހަކަށް ސިނގިރެޓް ނުބޮއެ ނިދި ނާންނަ ފަދައިން މި ސަރުކާރުގެ މީހުންނަށް ވެސް ދޮގެއް ހަދާނުލާ ނިދާ ނުލެވޭ ކަމަށް އާޒިމް ސިފަކުރެއްވިއެވެ. އެގޮތުން ސަރުކާރުން ދޮގު ނުހަދާ އެންމެ ދުވަހެއް ވެސް ވޭތުވެގެން ނުދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުން ދޮގުހެދުމަކީ ދެވި ހިފާކަމެއް ކަމަށާއި އެ ބީދައިން ބަލާ ނަމަ ދުންފަތުން ޓެކްސް ބޮޑުކުރާ ފަދައިން މި ސަރުކާރުގެ ދޮގުހެދުމުން ވެސް ޓެކްސް ބޮޑުކުރުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފި ނަމަ މި ސަރުކާރުން ދޮގު ހަދާ ނިސްބަތަށް ބަލާއިރު ދަރަނި ދައްކާނެހާ ފައިސާ ލިބޭނެކަމަށް އާޒިމް ވަނީ ސިފަކުރައްވާފައެވެ. އާޒިމް ވަނީ ބަޖެޓުގައި ޖަހައިގެން ނަމަވެސް އެފަދަ ދޮގުހަދާ މީހުންނަށް ރީހަބެއް ޤާއިމްކޮށްދިނުމަށް، އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާޙިމް ނާޒިލްގެ އަރިހުން އެެދިވަޑައިގަންނަވާފައެވެ. އެކަން ނުކޮށް ޤައުމު ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ފެންނަމުން ދަނީ މި ސަރުކާރުން ހުރި ތަންތަން ހުޅުވަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ކުރީގެ ރައީސަކު އަޅާދެއްވި ހޮސްޕިޓަލެއް ވަރަށް އަވަހަށް ހުޅުވާދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މިވަރުން ދާނަމަ ޢީދު މިސްކިތް ވެސް ހުކުރު މިސްކިތްވެސް އަލުން ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ހިނގަނީ މި ސަރުކާރަށް އެއް ކަމެއް ވެސް ނުކުރެވޭތީ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެއް އަހަރު ވެގެން ދިޔައިރު ގާބުރި އެއްވެސް ސަރުކާރަށް ބޭއްވިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 11 ދުވަހުން ވެސް ޕްރޮޖެކްޓްތައް ނިންމާފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކުން ކުރި ކަންކަމުގެ ކްރެޑިޓް ނަގަން ޖެހެނީ މި ސަރުކާރަށް ކަންކަން ނުކުރެވޭތީ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އޭނާގެ ވާހަކައިގައި އާރްޓީއެލްގެ ޚިދުމަތަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން ކުރީ ސަރުކާރު ވެރިކަމުގައި އޮތް ނަމަ މިހާރު އާރްޓީއެލްގެ ޚިދުމަތް ވެސް އިތުރު ރަށްތަކަށް ފުޅާވީސް ކަަމސް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވަނީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވެސް ހައްލެއް ހޯދާ ދީފައި ނުވާ ކަމަށާއި ސަރުކާރަށް އެއްކަމެއް ވެސް ރަނގަޅަށް ނުވާ ކަމަށެވެ. އެމްޑީޕީ އަކީ މަދު ލާރިކޮޅަކުން ކަންކަން ކުރަން އެނގޭ ބައެއް ކަމަށާއި އެކަން އެމްޑީޕީން ވަނީ ސާބިތުކޮށްދީފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ހަ މަސް ތެރޭގައި ތަޅާ ސުންނާފަތިކޮށްފައި ކުރިން ހުރި އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމާ، 15 އަހަރު ވަންދެން ހައްލު ނުވެ އޮތް ބުޅަލުގެ މައްސަލަ ހައްލުކޮށްދިނީ އެމްޑީޕީގެ ކުޅަދާނަކަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން މާޔޫސްވާކަށް ނުޖެހޭނެ ކަމަށާއި ރައްޔިތުން ތަކެތީގެ އަގުބޮޑުވެގެން ޝަކުވާ ކުރަން ނުޖެހޭނެ ކަަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު