Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގެ ޕްރޮވިންސްތަކަކަށް ހަމަލާދީފި: ރިޕޯޓް

ރިޕޯޓްތައް ލިބިފައިވަނީ ޔަމަނުގެ ވެރިރަށް ސަނާ އާއި އޭގެ ކައިރި ސަރަޙައްދުތަކަށާއި އަމްރާން ޕްރޮވިންސަށް ގާތްގަނޑަކަށް 9 ފަހަރު ހަމަލާދީފައިވާކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2024 | ހޯމަ 07:31
އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ބާރުތަކުން ވަނީ އިނގިރޭސިވިލާތުގެ އާމްޑް ފޯސަސް އާއި ގުޅިގެން، ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގެ 8 ތަނަކަށް ހަމަލާދީފައި

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ބާރުތަކުން ވަނީ އިނގިރޭސިވިލާތުގެ އާމްޑް ފޯސަސް އާއި ގުޅިގެން، ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގެ 8 ތަނަކަށް ހަމަލާދީފައި

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގެ 2 ޕްރޮވިންސަކަށް އަމާޒުކޮށް ހަމަލާދީފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހޯމަ ދުވަހުގެ ފަތިހު ޔަމަނުގެ ހޫތީން ހިންގާ ނޫހެއް ކަމަށްވާ އަލް-މަސީރާ ޓީވީ އިން ބުނެފައިވަނީ އަމްރާން އަދި ސަޢާދާ ޕްރޮވިންސްތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، މިހަމަލާތައް ދީފައިވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ ވެރިރަށް ސަނާ އާއި އޭގެ ކައިރި ސަރަޙައްދުތަކަށާއި އަމްރާން ޕްރޮވިންސަށް ގާތްގަނޑަކަށް 9 ފަހަރު ހަމަލާދީފައިވާކަމަށް ވެސް އެނޫހުން ވަނީ ބުނެފައެވެ.

އެމެރިކާ އާއި އިނގުރޭސިވިލާތުން ޔަމަނަށް ހަމަލާދީފައިވާކަމަށް ރިޕޯޓް ލިބޭއިރު، ހޫތީން އަންނަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔަމަނާ ކައިރި ސަރަޙައްދުތަކުން ދަތުރުކުރާ ބައިނަލްއަޤްވާމީ ބޯޓުތަކަށް ހަމަލާ ދެމުންނެވެ. އެގޮތުން ވޭތުވެ ދިޔަ އޮކްޓޫބަރު މަހު ޔަމަނުގެ ހޫތީންގެ މިސައިލް އާއި ޑްރޯން ހަމަލާތަކެއް ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ދެ އުޅަނދަކަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް އެ އުޅަނދުތަކަށް ލިބުނު މަންޒަރުތައް ވެސް ވަނީ އާއްމުވެފައެވެ. މީގެއިތުރުން، ހުދައިދާ ބަނދަރުން ގާތްގަނޑަކަށް 110 ކިލޯމީޓަރު (70 މޭލު) ދުރުން ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރު "ކޯޑީލިއާ މޫން" އަށްވެސް ވަނީ ހަމަލާދީފައެވެ.

މިހަމަލާތަކުގެ ސަބަބުން އުޅަނދުފަހަރުގެ ވެރިން ވަނީ ރަތް ކަނޑާއި ސުވެޒް ކެނާލުގެ ބަދަލުގައި އެފްރިކާގެ ދެކުނު ކައިރިން ވަށައިގެން ދަތުރުކުރާ ދިގު މަގު ބޭނުންކުރަން ފަށާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު