Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިކަމުގެ މައްސަލަ

ގެދޮރުވެރިކަމަކީ އެންމެ ދަތިވެފައި އޮތްކަން، ނިމިފަ ހުރިތަންތަން އަލުން އިވަލުއޭޓްކުރުން އެއީ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން

8 ނޮވެމްބަރު 2024 | ހުކުރު 03:54

ފްލެޓް ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ސީދާ ހައުސިންގ މިނިސްޓްރީން ކަމަށްވަނީ ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ނޮވެމްބަރު 2024 | ހުކުރު 03:54
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް ޑރ.މުޙައްމަދު މުއިއްޒު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް ޑރ.މުޙައްމަދު މުއިއްޒު

ގެދޮރުވެރިކަމަކީ އެންމެ ދަތިވެފައި އޮތްކަން ކަމަށާއި ނިމިފަ ހުރިތަންތަން އަލުން އިވަލުއޭޓްކުރުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ ސަރުކާރުން ހިފަހައްޓާތީ އެމަނިކުފާނު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަކީ އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިހާރުވެސް ފްލެޓްތަކެއް ސަރުކާރުން ދިނުމުން ދެން އަނެއްކާ އަންނަ ސަރުކާރަކުން އެ ފްލެޓްތައް އަތުލަންވީތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. ރައީސް ޔާމީން ވަނީ އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެއްވެސް ސަރުކާރަކުން ދީފައި ހުރި ފްލެޓެއް އަތުލެވޭނީ ނުވަތަ އަލުން އެ މައްސަލަ ބެލޭނީ އޭސީސީ އަށް ވެސް އެކަމުގައި މައްސަލަ އެއް ހުރިކަން ސާބިތުކޮށްދީގެން ކަމަށާއި މިހާރު ފްލެޓްތައް ނުދީ ހިފެހެއްޓުމުގައި އެފަދަ ހާލަތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ މިއީ ސަރުކާރުން ވަރަށް ދެރަވަރުކޮށް ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރުން ޤަބޫލުކުރާ ވަކި ބަޔަކަށް ފްލެޓްތައް ދިނުމަށް ކަމަށާއި އެ ސަގާފަތް ރާއްޖެއިން ފެނިގެންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ހެދި ފުލެޓު ލިސްޓު ވެސް އެންމެ ފަހުން ރަނގަޅު ނޫން ކަމަށް ކަނޑައަޅާ، 'ގެދޮރުވެރިޔާ" ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އަލުން އިވެލުއޭޓު ކޮށް ފްލެޓް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ހައުސިންގ މިނިސްޓްރީން ދަނީ ބުނަމުންނެވެ. ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އުފެއްދި 'ހައުސިންގ އެޑްވައިޒަރީ ކޮމިޓީ' އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި 'ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީ' އިން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.

މިކަމަށް އެކުލަވާލި ކޮމިޓީތަކުގެ މަސައްކަތް ގޯސްވުމުގެ ސަބަބުން ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ސީދާ ހައުސިންގ މިނިސްޓްރީން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ. "ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު 'ހައުސިން އެޑްވައިޒަރީ ކޮމިޓީ' އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި 'ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ' އިން ވެސް 'ގެދޮރުވެރިޔާ' ސްކީމުގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މިނިސްޓަރީން ވަނީ ފަށައިފަ އެވެ." ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

މަޖިލީހުގައި އެމްޕީ ފަލާހުގެ ބާރު އޮތްކަން ދައްކާލީތޯ؟

24 އޯގަސްޓު 2017
މަޖިލީހުގައި އެމްޕީ ފަލާހުގެ ބާރު އޮތްކަން ދައްކާލީތޯ؟
23 އޯގަސްޓު 2017

މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް

23 އޯގަސްޓު 2017
މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
27 މެއި 2017

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

27 މެއި 2017
ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ
30 އެޕްރީލު 2017

ދިޔަމިގިލީގައި އެމްޑީޕީގެ ތާއީދު އޮތްކަން ދައްކުވައިދީފި: ނިޒާރު

30 އެޕްރީލު 2017
ދިޔަމިގިލީގައި އެމްޑީޕީގެ ތާއީދު އޮތްކަން ދައްކުވައިދީފި: ނިޒާރު
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް