Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޯތި ހެދުމަށް ސްކީމެއް

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަނީ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ނިމުމުން އެތަނުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 14:42
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ކުރައްވަމުގެންދަވާކަމަށާއި، އެކަންކަން ފުރިހަމަވުމުން، އެ ސްކީމްވެސް އިޢުލާންކުރައްވާނޭކަން ހާމަކުރައްވާފައެވެ.

މާލޭ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާ ގުޅޭގޮތުން އަދާހަމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުގެ ބައެއް ތަފްޞީލުތައް ދެއްވާފައެވެ. އެގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިހުރި ގޯތިތައް ހަވާލުކޮށް ނިމިފައިވާކަމަށާއި، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ނިމުމުން އެތަނުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅީފަޅުގެ ހިއްކާ ނުނިމި އޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރާނޭކަމަށާއި، ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވޭނީ ބިން ހިއްކައި ނިމުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުވެސް، ރައްޔިތުންނަށް ޔަޤީންކަން ދެއްވުމުގެ މަޤްޞަދުގައި، އެ މީހެއްގެ ގޯތި ލިބޭނޭ ސަރަޙައްދުގެ ކޯޑިނޭޓްސް ފެންނަ ލިޔުމެއް، ދޫކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް މިންގަނޑަކަށް ނުވަތަ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެން ނޫންކަމަށާއި، އޭގެ ސަބަބުން 1200 އެއްހާ ގޯތި، އެހެން ސަރަޙައްދުތަކަށް ބަދަލުކުރަން ޖެހިވަޑައިގަތްކަން ހާމަކުރައްވާފައެވެ. މީގެއިތުރުން ރަސްމާލޭގެ މަސައްކަތުގައިވެސް ހުރި ގޮންޖެހުންތަކުން އަރައިގަނެ، ރޭވުމާ އެއްގޮތަށް މަސައްކަތް ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ހޯދެން އޮތީ، ދެން ހުރި ސަރަހައްދު ތަކުގައިވެސް ހިއްކަން ޖެހޭ ބިންތައް ހިއްކައި، މާލެ ނޫން ސަރަޙައްދުތަކުގައިވެސް އަރބަން ސެންޓަރުތައް ތަރައްޤީކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރަށް އަބަދުވެސް މުހިންމީ ނަތީޖާކަމަށެވެ. އަދި ވާހަކަދައްކާނީވެސް ނަތީޖާގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ޢިމާރާތްކުރުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމުގެ ދަށުން، ސަރުކާރުގެ ކުންފުންޏަކާ އެކުގައި މަސައްކަތްތަކެއް ކޮށްގެން، ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި ގެ އެޅޭނޭ ލުއި ގޮތްތަކެއް ހޯދައިދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު