Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފައްޔާޒްގެ ފާޑުކިޔުން ސަރުކާރަށް

މިދާ ގޮތުން ރާއްޖެ 19،20 ވަނަ ގަރުނާ ހަމައަށް ފަހަތަށް ގޮސްދާނެކަމުގެ ބިރު އެބަ އޮތް - ފައްޔާޒް

ވެރިކަމަށް ވަޑައިގެން މުޅިން ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކަކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 19:20
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ކަންކަން މިހާރު ދާ ގޮތުން 19 ވަނަ ނުވަތަ 20 ވަނަ ގަރުނާއި ހަމައަށް ގައުމުގެ ކަންކަން ފަހަތަށް ގޮސްދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދަށް ކުރަން ޖެހޭނެ ކަމަށް ބުނެފައި ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އާސަންދަ ކަނޑާލާނެ ކަމަށް ބުނެފައި ނުވާ ކަމަށާއި އާސަންދަ އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެެވެ. މީގެ އިތުރުން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދޭނެ ކަމަށާއި، އެ ފައިސާ ދޭނީ ޑޮލަރުން ކަމަށް ވިދާޅުވުމާއި، ގޯތިގެދޮރު ކުރިން ދިން ގޮތަށް ވުރެ މޮޅަށް ދޭނެ ކަމަށް ބުނެ ބޮޑެތި ވައުދުތައް ވެވަޑައިގަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މުޅިން ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކަކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ހަށިގަނޑުގައި ހުރި ނާރުތައް ވެސް ދައްކާނެ ކަމަށް ވިދާޅުވެ މިސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ހާމަނުކުރާ ކަމަށާއި، އާދޭސްކޮށް، ކޯޓަށް ގޮސްގެން ވެސް ސަރުކާރުން ކަހާތަން ހިރުވާ ވެސް ނުލާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ވެރިކަމަކާއި ބަޔަކު ހަވާލު ވަނީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސާނެކަމުގެ އުންމީދާއި އެކުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިހާރު ރައީސް މުއިއްޒު ވެރިކަން ކުރާ ގޮތަށް ކޮންމެ މީހަކަށް ވެސް ވެރިކަން ކުރެވިދާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. 10 މަސްވީ އިރު މި ސަރުކާރުންވީ ވައުދުތައް އެ ފުށް މި ފުށަށް ޖަހާފައިވާކަމަށާއި ގައުމު ނުހިންގޭކަން މި ސަރުކާރަށް ވެސް ސާފުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް، ޕީއެންސީ އަށް ހިފެހެއްޓެނީ ހަމައެކަނި ދޮގާއި މަކަރުވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންނަށް އެކައްޗެއްގައި ހިފަހައްޓައިގެން ނުތިބެވޭ ކަމަށާއި ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ މޫނުގައި ޖަހަނީ ސައްޕެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވަނީ ރައްޔިތުންގެ ބާރުވެރިކަމަކީ ޕީޕީއެމް އިން ދަންނަ ކަމެއް ނޫން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވަނީ ސަރުކާރުން ދީން ހަތިޔާރަކަށް ބޭނުންކުރާކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. މަކަރުވެރިކަމާއި އެކު އިސްލާމްދީނުގެ ވާހަކަ ދައްކަމުންދާ ކަމަށާއި ދީނާއި މެދު އޮތް އިތުބާރު ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު