Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2025

ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވޭނެ - ޒަމީރު

ބަޖެޓަކީ، ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 10:33
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒު ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނައަހަރަށް ސަރުކާރުން ހުށަހަޅާ ދަޥުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުސާ ޒަމީރު ވިދާޅުވީ އިގުތިސާދީ ހަރަކާތް މިހާރު އެތުރިފައިވާ ގޮތް އަލުން ރުކުރުވައިލައި، ރާއްޖޭގެ އުތުރާއި ދެކުނަކީ މި ރިޔާސީ ދައުރު ނިމޭއިރު އިގުތިސާދީ މައި މަރުކަޒުތައް ކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަކީވެސް މި އެޖެންޑާގައި ތަސައްވުރުކޮށްފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެހެންމެ، ދިވެހިރާއްޖެއަކީ ތާއަބަދަށް ތެޔޮ އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިއާދަކުރަނިވި ހަކަތައާއި ދިމާއަށް ދިވެހިރާއްޖޭގެ ހަކަތައިގެ ވިއުގަ އަނބުރައިލުމަކީ ހާސިލުކުރަންޖެހޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މީގެއިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވަކިން ހާއްސަކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވައިލުމުގެ ތެރެއިން ދިވެހީންނަކީ ފަންނުވެރި ބަޔަކަށް ހަދައި، ދިވެހީންގެ އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ތަސައްވުރު ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހީނަރުވެފައިވާ ފިސްކަލް ހާލަތް ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅު އެޅުން އަހަރުތަކެއް ވަންދެން ފަސްކޮށް، ބޮޑެތި އަދަދުތަކުން ޑެފިސިޓް ބަޖެޓުތައް ތަންފީޒުކުރަމުންގޮސްފައިވުމުގެ ނަތީޖާއަކީ، ދައުލަތުގެ ދަރަނި އިތުރުވެ، ދައުލަތުގެ އާމްދަނީއާ ބައްދަލު މިންވަރަކަށް ޚަރަދުތައް ކުޑަކުރުމަށް އެކީ އެއްފަހަރާ ގިނަ ނިޒާމީ ބަދަލުތަކެއް ގެންނަން މަޖުބޫރުވުން ކަމަށެވެ.

އަދި މިއަދު މަޖިލީހަށް ހުށަހަޅާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ދައުލަތުގެ މާލިއްޔާއަށް ދިމާވެފައިވާ މުހިންމު ފިސްކަލް މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓް 2025ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު
03 ނޮވެމްބަރު 2025

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު
02 ނޮވެމްބަރު 2025

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު